Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑަށް ވެއްޓި ނިޔާވި ނާހިދާ ވަޅުލުން

ކަނޑަށް ވެއްޓި ނިޔާވި ނާހިދާގެ ޖަނާޒާ ބާއްވައިފި، ކުޑަކުއްޖާ އަދިވެސް ހޯދަނީ

17 އޮކްޓޯބަރު 2021 | އާދީއްތަ 14:43

ނާހިދާގެ ހަށިގަނޑު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މާލެ ގެނެސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:30ހާއިރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2021 | އާދީއްތަ 14:43
ނާހިދާގެ މަހާނަ

ނާހިދާގެ މަހާނަ

ހޮނިހިރު ދުވަހު މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން ކަނޑަށް ވެއްޓި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ އާދިއްތަ ދުވަހުގެ އަސުރު ނަމާދަށްފަހު ބާއްވައިފިއެވެ.

ނާހިދާގެ ޖަނާޒާ ބާއްވާފައިވަނީ މަސްޖިދުއް ތައާވުން އާސަހަރާ މިސްކިތުގައެވެ. ނާހިދާގެ މޫނު ދެކިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ހަށިގަނޑު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު، މާލެ ގެނެސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:30 ހާއިރުއެވެ. ނާހިދާ ފެނުނު އިރުވެސް އޮތީ ނިޔާވެފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ކ. ގުރައިދޫ ހެލްތު ސެންޓަރުން ބުނީ, ނާހިދާ އެ ސެންޓަރަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:35 ހާއިރު ކަމަށާއި، ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މިހާދިސާގައި ކަނޑަށް ވެއްޓުނު ނާހިދާގެ އުމުރުން 4 އަހަރުގެ ކުޑަދަރިފުޅު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ގެއްލިފައިވަނީ ވ. ފުލިދޫއަށް ނިސްބަތްވާ އުމުރުން 4 އަހަރުގެ ޖައިޝް ޖިނާހްއެވެ. ކުއްޖާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު އެމްއެންޑީއެފުން ބުނީ މިހާތަނަށް 10 ސްކޮޔަރ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުން ކުރަމުންދާއިރު މީހަކު ގެއްލިގެން ހޯދުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް ކަނޑުގަދަވުމާއި ވިއްސާރުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ކުއްޖާ ހޯދުމުގެ މަސައްކަތް ނުކުރެވޭކަމަށް އެމްއެންޑީއެފުން ބުނެއެވެ. ކުއްޖާ ހޯދުމަށް ޑޯނިއަރ ބޭނުންކުރަމުންދޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރ ވިދާޅުވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑޯނިއަރ ބޭނުންނުކުރާކަމަށެވެ.

ކުޑަކުއްޖާ ހޯދުމަށް އާންމުންގެ އެހީއަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް, ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި, އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފްއިން އެދެއެވެ. މި ހާދިސާ ހިނގާފައިވަނީ ޅ. އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން 1 ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭ ކަމަށާއި, އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ

މިލޯންޗުން 12 މީހުންނާއި 2 ކުޑަކުދިން ދަތުރުކުރިއެވެ. އެރި ރާޅާއެކު ނާހިދާއާއި އޭނާގެ ދެކުދިން ކަނޑަށް ވިއްސައިގެން ވެއްޓުނެވެ. މިހާދިސާގައި ނާހިދާ ނިޔާވެފައިވާއިރު އޭނާގެ ދެން ހުރި ކުއްޖާ ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް