Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެޗްއީއޯސީގެ މަސައްކަތް ބޮޑު ނަގުލަށް

އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީގެ މީގެ މަސް ދުވަސް ކުރިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2021 | އާދީއްތަ 13:03
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން

ދުނިޔެއަށް ދިމާވާ އެކިއެކި ކާރިސާތަކުގައި އިދާރާތަކުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ދެމުންދެއެވެ. އެއީ ގުދުރަތީ ކާރިސާއެއްކަމުގައިވީ ނަމަވެސް ބަލިމަޑުކަމެއް ކަމުގައިވީ ނަމަވެސް ކަން އޮތީ މިހެންނެވެ. މިފަދަ އެއް މިސާލަކީ މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮވިޑާއެކު މުޅި ދުނިޔެ އެކަމުގެ މައުލޫމާތު އާންމުންނަށް އަވަދިނެތި ފޯރުކޮށްދެމުން ދިޔަ ދިއުމެވެ.

އެންމެ އިސް ދައުރެއް އަދާކުރަމުން ދިޔައީ ސިއްހީ އިދާރާތަކާއި މުއައްސަސާތަކެވެ. ޑަބްލިއުއެޗްއޯއާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އީޔޫގެ ސިއްހީ އިދާރާތައް ހިމެނުނެވެ. ކުޑަކުޑަ ރާއްޖޭގައި ނަމަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ކޮވިޑާއި ގުޅިގެން އެކުލަވާލި ހެލްތް އެމަރޖެނީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އެވެ.

ބަލިމަޑުކަމުގެ ތެރޭގައި އާންމުންނަށް ދެވެން ހުރި މައުލޫމާތެއް ދެވޭނެހާ ގޮތަކަށް ދެމުން ދިޔައެވެ. މީޑިއާތައް މެދުކޮށެވެ. ނޫސްތަކާއި ރޭޑިއޯތަކާއި ޓީވީތައް މެދުވެރިކޮށެވެ. ނޫސްވެރިން ވައްދައިގެން ބައްދަލުވުންތައް ބާއްވައިގެންނެވެ. އެކި ބަސްބަހުން ލިޔެ ސޯޝަލް މީޑިއާ ފުރާލައިގެންނެވެ. ޕޯސްޓަރުތައް ހިއްޕައިގެންނެވެ. އެމަސައްކަތް ވަރަށްވެސް ކާމިޔާބެވެ. ބައްޔަށް ފަރުވާއެއް ހޯދުނު ހިސާބުން އެފަރުވާއަށް އާންމުންގެ އިތުބާރު ލިބުނެވެ. އެކަމުގެ އެއް ހެއްކަކީ ރާއްޖޭގައި ނިސަބަތުން ވެކްސިން ޖެހި އާބާދީ ގިނަވުމާއި ބަލީގައި މަރުވި މީހުންގެ އަދަދު މަދުވުމެވެ.

ސަރުކާރާއި ކަމާއިބެހޭ އިދާރާތަކާއި އެޗްޕީއޭއާއި އެޗްއީއޯސީ އަދި ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހައި ބަލިން ރައްކާތެރިވުމަށް ރައްޔިތުން އެއްބާރުލުން ދިނެވެ. ވެކްސިނާއި ދެކޮޅަށް މަދު ބަޔަކު ނަމަވެސް ވާހަކަދައްކާ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އިތުބާރު ދެމެހެއްޓުނީ ކުރިން ދެންނެވި ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ. ޑަބަލް ޑޯޒް ޖަހައިގެން ރައްކާތެރި ވެވޭނެކަމާއި އެކަމުގައި ފައިދާތައް ކިޔައިދެވުނެވެ. ނަމަވެސް މި ބަލިމަޑުކަމަށް އަދިވެސް ނިމުމެއް އައިސްފައިނުވާ އިރު، މަޑު މަޑުން އެޗްއީއޯސީގެ މަސައްކަތް ބޮޑުނަގުލަށް ހިނގައްޖެއެވެ.

އިހައްދުވަހަކު އަނެއްކާ ވެސް 3 ވަނަ ޑޯޒެއްގެ ވާހަކަ ދައްކައިފިއެވެ. އެވެސް ޖަހަން ޖެހޭ ކަމަށެވެ. ވަކިން ޚާއްސަކޮށް 3 ވަނަ ޑޯޒް ޖަހަން ޖެހޭނީ ހައިރިސްކް މީހުން ކަމަށެވެ. މިހެން ބުނެ ބޮޑު ބަޔާނެއް އެޗްޕީއޭއިން ނެރުނެވެ. އިތުރު މައުލޫމާތަކަށް ދިނީ ޖަހަންވީ ވެކްސިނެއްގެ ވާހަކައެވެ. ދެން ކަހާތަން ހިރުވާވެސް ނުލިއެވެ. އެންމެ ފަހުން އެޗްޕީއޭއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ތާރީޚެއް އެމީހުންވެސް ހަނދާނެއް ނެތެވެ. ކޮވިޑްގެ 4 ވަނަ ރާޅާއެކު ދުވާލަކު އެއްފަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތައް ވަނދުވެ، ހަފުތާއަކަށް ބަދަލުވިއެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސުވާލަކީ 3 ވަނަ ޑޯޒެއް ޖަހަން ފަށާފައިވާ އިރު، އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ނުދީ އެޗްއީއޯސީ އާއި އެޗްޕީއޭ ނިދާފައި އޮތުމުން ކަންކަން ހައްލުވާނެ ހެއްޔެވެ. އެތާގެ ތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން މީގެ ކުރިން ފެންމަތިވެފައިވާ އިރު، އަދިވެސް ޒިންމާ އަދާނުކޮށް ތިބެންވީ ހެއްޔެވެ. ބޮޑު ކާރިސާއެއްގެ ވަގުތުގައި އެޗްޕީއޭ ނިދާފައި އޮތުމުން އާންމުންނަށް މިކަމުގައި އިތުބާރު ކުރެވޭނެ މިންވަރާއި މެދު ސުވާލު އުފެދެއެވެ. މިހުންނަނީ ދެރަ ކަންކަމެވެ. ތަރުޖަމާނުންނާއި ތަރުޖަމާނުނުންގެ ނާއިބުންނާއި، ޑިރެކްޓަރުންނާއި ޑެޕިއުޓީންނާއި މިހެންގޮސް ނަންހުސްކޮށް މުސާރަ ނަގާ އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް ޒިންމާ އަދައެއް ނުކުރެވެއެވެ.

ބޫސްޓަރ ޑޯޒެއް ނުވަތަ 3 ވަނަ ޑޯޒެއް ޖަހަން ޖެހެނީ ބަލިން ދިފާއުވުމަށްޓަކައި އިމިއުން ސިސްޓަމް ވަރުގަދަކުރުމަށް ކަމަށް ވެސް އެޗްއީއޯސީއަކަށް ބުނެއެއް ނުދެވުނެވެ. ނުވަތަ ބުނަދޭން ތިބި މީހުން އެކަކު އަނެކެއްގެ ބޮލަށް ކަންކަން ޖަހަޖަހައި ތިބެނީ ކަމަށްވެސް ވެދާނެއެވެ. މިހެން މިދަންނަވަނީ ސަބަބުތަކެއް ހުރެގެންނެވެ. މީގެ ކުރިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރެއްވެސް އައެވެ. އިސްތަރުޖަމާނު ހުންނެވީ ޗުއްޓީގައެވެ. ތަރުޖަމާނުގެ ނާއިބުން ތިއްބެވެ، ކަމުގެ މާހިރުންނާއި ލަފާދޭ މީހުންނާއި، ވާހަކަ ދެކެވޭ މީހުން ތިއްބެވެ. އެއިރުވެސް ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވައި އެތައް ދުވަހަކު ތިއްބާ ރައީސް އޮފީހުން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީއެވެ.

މިކަމުގެ ހަގީގަތް ހޯދާލި އިރު، އެޗްއީއޯސީގެ ނާއިބުންނާއި ދެންވެސް ތިބި ބަޔަކު ތިބީ މަސައްކަތުން ރެކިގެންނެވެ. ކަންކަން ބޮއްސުންލައިގެން ދިޔަ ދިޔައިނުންގޮސް އެކަކު އަނެކެއްގެ ބޮލަށް ކަންކަން ޖަހާ އެތެރޭގައި އޮތީ ހައިޖާނުގަނޑެއް ހިންގާލާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވާހަކަ ދައްކާލާ އިރަށް މަގޭ ފްރައިޑޭއޭ، މަގޭ ކޮޓަރި ސާފުކުރާ ވާހަކައިން ބަހަނާ ދެއްކި ހިސާބަށް ވެސް ކަންކަން ދިޔައެވެ. މިއީ އެތަނުގައި މަސައްކަތް ކުރާ މީހުން ދައްކާފައި ހުރި ވާހަކަތަކެވެ.

ހަގީގަތުގައި ވެސް ޒިންމާއާއި ހާވާލުވާން ޖެހޭނީ ޒިންމާ އަދާކުރެވޭވަރުގެ ގާބިލުކަން ހުންނަ ނަމައެވެ. ބޮޑު ނަމެއް ލިބޭތީ ނުވަތަ ޝަރަފެއް ހޯދަން ކުރާ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަން ވެއްޖެނަމަ ކަންކަން ދާނީ ގޯހުން ގޯހަށެވެ. އަދިވެސް ވަގުތު އެބައޮތެވެ. ތިބިތަނަކުން ނުކުމެ މިކަމުގެ ފައިދާއާއި ކަންކުރަންވީ ގޮތް ކިޔައިދެވިދާނެއެވެ. ނޫސްވެރިން މެދުވެރިކޮށް ބައްދަލުވުންތައް ބާއްވައި ފޯރިއާއި ޖޯޝުގައި ކަންކަން ކުރެވިދާނެއެވެ. ނޫނީ ތިމާއަށް މަސައްކަތް ނުކުރެވެންޏާ އެހެން ބަޔަކާއި އެކަން ހަވާލު ކުރެވިދާނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު