Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
"ތްރިފްޓް" ކުރުން

"ތްރިފްޓް" ކުރުން: ދިވެހިންގެ ތެރެއަށް ތައާރަފުވި ވަރަށް ސާދާ އާދައެއް!

އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތަކެތި ހެޔޮ އަގުގައި ވިއްކުން ވަނީ އާންމުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2021 | އާދީއްތަ 04:25
ރާއްޖޭގެ ތްރިފްޓު ޕޭޖުތަކެއް

ރާއްޖޭގެ ތްރިފްޓު ޕޭޖުތަކެއް

ޒަމާނުއްސުރެވެސް ދިވެހިންނަކީ ވަރަށް ސާދާ ރީތި އާދަކާދަތަކެއް ގެންގުޅޭ ބައެކެވެ. އާއިލާއެއް ތިމާގެ މީހެއް ނުބަލައި، އެކަކު އަނެކަކާ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ކަންތައްތަކެއް ކޮށްއުޅެއެވެ. މިގޮތުން ކައިރި ގޭގެއަށް ޒިޔާރަތްކުރުމާއި، ގޭގައި ކައްކާ އެއްޗެހި އެހެން ގޭގެއަށް ގެންގޮސްދިނުމާއި، އެކި އެކި ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ.

ދިވެހިންގެ މިފަދަ ރީތި ބައެއް އާދަތައް މިހާތަނަށް އައިއިރު ކޮންމެވެސް ވަރަކަށް ފަނޑުވެފައިވީނަމަވެސް މީގެ ތެރެއިން ބައެއް އާދަތައް އަދިވެސް އެބައޮތެވެ. މަންމަމެން މާމަމެން ކިޔައިދޭ ވާހަކަތަކުން އެނގޭ ގޮތުގައި އެއްފަހަރު ނުވަތަ މަދުފަހަރަކު ލާފައި ހުންނަ އަންނައުނު އެހެން މީހުންނަށް ދީ އުޅެއެވެ. އެ ޒަމާނުގައި އަތްމަތި ތަނަވަސްކޮށް ހުރިހާ އެއްޗެއް ލިބިގެން ފުދިގެން އުޅޭ މީހުން ވަރަށް މަދުވާނެއެވެ.

މިހާރު މިވަނީ ޒަމާން ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެހެންނަމަވެސް އަދިވެސް ދިވެހިންގެ ތެރޭގައި މި ރީތި އާދަ އޮތްކަމީ އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ބަދަލުވި ޒަމާނާއެކު އެއްފަހަރު ލާފައި ހުންނަ އަންނައުނާއި، ބޭނުންކޮށްފައި ހުންނަ އެހެނިހެން ތަކެތި މީހުންނަށް ދޭ ގޮތް މިހާރު ވަނީ ބަދަލުވެފައެވެ.

މިހާރު ގިނަ މީހުން މިކަށް ކުރަނީ އިންސްޓަގްރާމް، ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ޕޭޖުތައް ހަދައިގެން ވިޔަފާރިއެއްގެ ގޮތުގައެވެ. ހަމައެކަނި އަންނައުނެއް ނޫނެވެ. ހިފައި ގެންގުޅޭ ތަކެއްޗާއި، ފޮތްތައްވެސް މެއެވެ. އިނގިރޭސި ބަހުން ނަމަ 'ތްރިފްޓް' ކުރުން މިހާރު ވަނީ ދިވެހިންގެ ތެރޭގައި އާންމުވެފައެވެ. މިއީ ބޭރު ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެކެވެ.

މިގޮތަށް ބޭނުންކޮށްފައި ހުންނަ ތަކެތި ވިއްކުމަށް މީގެ ކުރިން މާލޭގައި ވަކި ސަރަހައްދެއް ކަނޑައަޅާފައި އޮތް ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން މިކަން ކުރަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވާނެއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މިކަން މިވަނީ ގިނަ ބައެއްގެ މެދުގައި ވަރަށްވެސް މަގުބޫލު ކަމަކަށް ވެފައެވެ. އެއްފަހަރު ބޭނުންކޮށްފައި ހުންނަ އެއްޗެހި ތްރިފްޓު ޕޭޖުތަކުން ވިއްކަނީ ވަރަށްވެސް ކުޑަ އަގެއްގައެވެ. މިގޮތުން 200 ރުފިޔާއަށް ގަނެފައި އެއްފަހަރު ބޭނުންކޮށްފައި ހުންނަ އެއްޗެހި 40 ރުފިޔާއަށް ނުވަތަ 50 ރުފިޔާއަށް ތްރިފްޓް ޕޭޖަކުން ވިއްކާލައެވެ. އަދި އެމީހަކު ހުރި ތަނަކަށް އެ އެއްޗެއް ގެންގޮސްދެއެވެ.

މީގެ ކުރިން މިކަން ކޮށް އުޅުނީ މިގޮތަށް ނޫން ކަމުގައިވިޔަސް، ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ކުރުމުން އަތޮޅުތެރޭގައި ހުންނަ މީހާއަށްވެސް އެ އެއްޗެއް ގަނެވި ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި ހުންނަ އެއްޗެހި، އެއަށް ބޭނުންޖެހިފައިވާ އެތައް ބަޔަކާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރަށް ފަސޭހަވެގެންދެއެވެ. އެންމެންނަކީ ބޮޑު އަގު ދީފައި އެއްޗެހި ގަނެވޭނެ ބައެއް ނޫނެވެ. އެހެންކަމުން ރަނގަޅު ތަކެތި ހެޔޮ އަގުގައި ލިބުމަކީ މީހުންގެ އަތުން ދާ ޚަރަދުވެސް ކުޑަ ކުރެވިގެންދާނެ ކަމެކެވެ.

މީގެ އިތުރުން ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތްކުރާ މީހުންނާއި، އިތުރު އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނަށްވެސް މިއީ ކުރެވިދާނެ ކަމެކެވެ. ތްރިފްޓިން އަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށްވެސް މަގުބޫލުވެފައިވާ ކަމެކެވެ. އަރާ ފައިވާނާއި އަންނައުނުން ފެށިގެން ގޭގައި ހިފައި ގެންގުޅޭ ތަކެތިވެސް "ތްރިފްޓު" ކުރުން ވަނީ އާންމުވެފައެވެ. ބަދަލުވި ޒަމާނާއެކު އެހެން މީހުން ބޭނުންކޮށްފައި ހުންނަ ތަކެތި ބޭނުންކޮށްފައިވާ ގޮތް ބަދަލުވިޔަސް، މިއީ ދިވެހިންގެ ތެރެއަށް އާންމުވި ސާދާ ވަރަށް އާދައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

ކުށުގެ މަޤްސަދު ދެނެގަނެ ހާމަކުރުން!

19 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު