Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެޝްފޯޑަށް ސޯލްޝެއާގެ ނަސޭހަތެއް

ރެޝްފޯޑް ފުޓްބޯޅައަށް އިތުރަށް ސަމާލުކަން ދޭންޖެހޭ: ސޯލްޝެއާ

16 އޮކްޓޯބަރު 2021 | ހޮނިހިރު 13:46

ކުޅުންތެރިއަކަށް ފޯކަސް ކުރެވޭނީ އެންމެ ކަމަކަށް ކަމަށް ސޯލްޝެއާ ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 16 އޮކްޓޯބަރު 2021 | ހޮނިހިރު 13:46
ޔުނައިޓެޑުގެ ފޯވާޑް މާކަސް ރެޝްފާޑާއި އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ

ޔުނައިޓެޑުގެ ފޯވާޑް މާކަސް ރެޝްފާޑާއި އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މާކަސް ރެޝްފާޑް ފުޓްބޯޅައަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

ރެޝްފޯޑް ވަނީ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން މި މަހުގެ ތެރޭގައި އެމްބީއޭ ހާސިލުކޮށްފައެވެ. މީގެ އިތުރުން ރެޝްފޯޑް ފާހަގަވެގެންދަނީ ބަނޑުހައި ހޫނުކަން މަތީ ދުވަސްތައް ވޭތުކުރުމުން އަންނަ ކުދިންނަށް އެހީވުމުގައި އިސްވެ މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޯލްޝެއާ ބުނީ ކުޅުންތެރިއަކަށް ފޯކަސް ކުރެވޭނީ އެންމެ ކަމަކަށް ކަމަށާއި، އެހެންކަމުން ރެޝްފޯޑް ފުޓްބޯޅައަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ރެޝްފޯޑަކީ ހުނަރުވެރި ފޯވާޑެއް ކަމަށާއި، އަދި އޭނާއަކީ ޔުނައިޓެޑަށް އެހާމެ މުހިންމު ކުޅުންތެރިއެއް ކަމަށްވެސް ބުންޏެވެ.

ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކުރުމާއެކު ރެޝްފޯޑް މި ވަގުތު ހުރީ ކުޅުމާ ދުރުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެއާއެކު މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ރެޝްފޯޑް ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރިއިރު، މި ސީޒަނުގައި އޭނާ އެއްވެސް މެޗެއް އަދި މިހާތަނަށް ކުޅެފައެވެ.

އެ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ރެޝްފޯޑް މަސައްކަތްކުރަމުން އަންނައިރު، ސޯލްޝެއާ ބުނީ ރަޝްފޯޑް ކުރިން ހުރި ފޯމަށް އެނބުރި އައުމަށް އޭނާއަށް ދޭން ޖެހޭ ވަގުތު ޔުނައިޓެޑުން ދޭނެ ކަމަށެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުން ފެށިގެން ރެޝްފޯޑުގެ ކޮނޑުހުޅުގައި މައްސަލައެއް ހުރިކަން ފާހަގަވި ނަމަވެސް، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނިމިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ރެޝްފޯޑް ވަނީ ކުޅުނު 37 މެޗުގައި 11 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2020

ވީއޭއާރުގެ ސަބަބުން ފުޓްބޯޅައަށް ގެއްލުމެއް ނުވާކަން ޔަގީން: އިންފަންޓީނޯ

05 ޑިސެމްބަރު 2020
ވީއޭއާރުގެ ސަބަބުން ފުޓްބޯޅައަށް ގެއްލުމެއް ނުވާކަން ޔަގީން: އިންފަންޓީނޯ
17 ސެޕްޓެމްބަރު 2020

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައަށް 11 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

17 ސެޕްޓެމްބަރު 2020
ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައަށް 11 ބިލިޔަން ޑޮލަރުގެ ގެއްލުމެއް
09 ސެޕްޓެމްބަރު 2020

އަންހެން ފުޓްބޯޅައަށް ހާއްސަ އިސްކަމެއް މި ދައުރުގައި ދޭނަން: ބައްސާމް

09 ސެޕްޓެމްބަރު 2020
އަންހެން ފުޓްބޯޅައަށް ހާއްސަ އިސްކަމެއް މި ދައުރުގައި ދޭނަން: ބައްސާމް
11 އޯގަސްޓު 2020

އޮފީހަށް ނުވަދެވުނެއް ކަމަކު ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނަން: ލަތީފް

11 އޯގަސްޓު 2020
އޮފީހަށް ނުވަދެވުނެއް ކަމަކު ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނަން: ލަތީފް
09 މެއި 2020

ޖަރުމަން ލީގު ފަށަން ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް: ކެފެރިން

09 މެއި 2020
ޖަރުމަން ލީގު ފަށަން ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް: ކެފެރިން
09 ފެބުރުއަރީ 2020

ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނަން: ސުޒޭން

09 ފެބުރުއަރީ 2020
ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނަން: ސުޒޭން
10 ސެޕްޓެމްބަރު 2019

ޗައިނާ މެޗަށް އިތުރަށް ޓިކެޓް ވިއްކަން ޖެހޭ: ސުޒެއިން

10 ސެޕްޓެމްބަރު 2019
ޗައިނާ މެޗަށް އިތުރަށް ޓިކެޓް ވިއްކަން ޖެހޭ: ސުޒެއިން
31 އޮކްޓޯބަރު 2017

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

31 އޮކްޓޯބަރު 2017
ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ
28 މެއި 2017

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

28 މެއި 2017
އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް