Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެން ފުޓްބޯޅަ ކުރިއެރުވުން

އަންހެން ފުޓްބޯޅައަށް ހާއްސަ އިސްކަމެއް މި ދައުރުގައި ދޭނަން: ބައްސާމް

9 ސެޕްޓެމްބަރު 2020 | ބުދަ 11:00

ރާއްޖޭގައި ގަވާއިދުން ކުޅޭނެ އަންހެން ފުޓްބޯޅަ ލީގެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 9 ސެޕްޓެމްބަރު 2020 | ބުދަ 11:00
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އަންހެން ފުޓްބޯޅައަށް ހާއްސަ އިސްކަމެއް ދީގެން މުޅި ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ފުރަތަމަ ދައުރުގައިވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންކަމުން މި ދައުރުގައި އަންހެން ފުޓްބޯޅައަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި، ރާއްޖޭގައި ގަވާއިދުން ކުޅޭނެ އަންހެން ފުޓްބޯޅަ ލީގެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމުން ކޮންމެ އަހަރަކު ކުލަބުތަކަށް ފައިސާ ދޫކުރާއިރު، އެ ކުލަބުތަކާއެކު އެއްބަސްވުމެއް ހެދޭ ކަމަށާއި، އެ އެއްބަސްވުމުގައިވެސް ކޮންމެ ކުލަބަކުންވެސް އަންހެން ޓީމެއް ހެދުމަށް ލާޒިމުކޮށްފައިވާނެ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ފަސް ޑިވިޝަނުގެ ލީގެއްގެ ގޮތުގައި އަންހެން ފުޓްބޯޅަ ލީގެއް ފެށުމަށް އަންނަ އަހަރު ނިންމާފައިވާއިރު، އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑު ހޭދައެއް ކުރުމަށްވެސް އެފްއޭއެމުން އޮތީ ތައްޔާރަށް ކަމަށެވެ.

ފީފާ އާއި އޭއެފްސީން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑު ހޭދަތަކެއް ކުރަމުންދާއިރު، އަންހެން ފުޓްބޯޅަ ރާއްޖޭގައި ފެށިގެންދިޔުމަކީ އަންހެން ކުޅުންތެރިންނަށް ފުޓްބޯޅައިން ކުރިއަށް ދިޔުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމެކެވެ.

އެގޮތުން އުމުރުފުރާތަކާއި އަދި ވައިޑީޕީ ޕްރޮގްރާމުތަކުގައި ފިރެހެން ފުޓްބޯޅައަށް ދީފައިވާ އިސްކަން، އަންހެން ފުޓްބޯޅައިގެ އެކި އުމުރުފުރާތަކަށް ތަނަވަސްކޮށްދޭނެ ކަމަށާއި، ލީގެއް ފެށުމުން ފިރިހެން ފުޓްބޯޅަ ކުރިއަށްދާ ގޮތަށް އަންހެން ފުޓްބޯޅަ ކުރިއަށް ގެންދިޔުމަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕާއެކު އަންހެން ފުޓްބޯޅައަށް ކުރިއެރުންތަކެއް ލިބުނުން ނަމަވެސް، ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިޔަށްދަނީ ގައުމީ ޓީމަށް ކުޅެން އެއްވެލާ ގޮތަށް އޮންނަ ޓީމެއްގެ ގޮތުގައި އެކަންޏެވެ.

"ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިޔަށް އޮތް ދައުރުގައި އަންނާނެ ކުރިއެރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ފުޓްބޯޅައިގެ ވަސީލަތަށް ބޮޑު ކުރިއެރުމެއް ލިބި އެފްއޭއެމަށް ލިބޭ އާއްމުދަނީ އެތައް ގުނައެއް ކުރިއަށް އޮތް ދައުރުގައި އިތުރު ކުރެވޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް