Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ލީގު އަލުން ފެށުން

ޖަރުމަން ލީގު ފަށަން ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް: ކެފެރިން

މިމަހުގެ 16 ވަނަ ދުވަހު ޖަރުމަން ލީގު ފަށަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 މެއި 2020 | ހޮނިހިރު 10:54
ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން

ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަން ލީގު އަލުން ފަށަން ނިންމުމަކީ ފުޓުބޯޅައަށް ލިބުނު ކުރިއެރުމެއްކަމަށް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެއެވެ.

ޖަރުމަން ލީގު މިމަހުގެ 16 ވަނަ ދުވަހު ފަށަން މިހާރުވަނީ ނިންމާފައެވެ. އެހެންކަމުން ޖަރުމަން ލީގަކީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ލީގުތަކުގެ ތެރެއިން ކުޅުން އަލުން ފަށާނެ އެންމެ ފުރަތަމަ ލީގެވެ.

ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށެވެ. މި މަހުގެ 16 ވަނަ ދުވަހު ޖަރުމަން ލީގު ފަށައި، ޖޫން 28ށް ލީގުގެ ކުޅުން ނިންމަން ވަނީ ތާވަލުކޮށްފައެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ އެއްކޮށް ހުއްޓުނު ކަމަށާއި، އެކަމަކު މިހާރު މަޑުމަޑުން ފުޓުބޯޅައިގެ ހަރަކާތްތައް ފެށެމުންދާ ކަމަށެވެ. އެގޮތުން ޖަރުމަން ލީގު އަލުން ފަށަން ނިންމި ނިންމުމަކީ ފުޓުބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކެފެރިން ވަނީ ޖަރުމަން ލީގު ފެށުމުގެ ހުއްދަ ދިނުމުން އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކޮށް، ފުޓްބޯޅަ އަލުން ފަށާއިރު ހުރިހާ އެންމެންވެސް ގަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ޖަރުމަން ލީގު އަލުން ފަށަން ނިންމިއިރު، މީގެ ކުރިން ޖަރުމަންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އެގޮތުން ދެ ޑިވިޝަނުން 1،724 ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، 10 ކުޅުންތެރިއަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ކޮލޯންގެ ތިން ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ޖަރުމަން ލީގުގެ އިތުރުން ތުރުކީ ލީގު ފަށަން ވެސް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ތުރުކީން ލީގު ފަށަން ނިންމާފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ޖޫން މަހުގެ 6 ވަނަ ދުވަހު ކްރޮއޭޝިއާ ލީގު ފަށަންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު