Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއާރުގެ ދިފާއުގައި އިންފަންޓީނޯ

ވީއޭއާރުގެ ސަބަބުން ފުޓްބޯޅައަށް ގެއްލުމެއް ނުވާކަން ޔަގީން: އިންފަންޓީނޯ

5 ޑިސެމްބަރު 2020 | ހޮނިހިރު 11:21

ފީފާއިން އެންމެ ފުރަތަމަ ވީއޭއާރް ބޭނުންކުރި ބޮޑު މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2020 | ހޮނިހިރު 11:21
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި ވީއޭއާރް ބޭނުންކުރަނިކޮށް

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި ވީއޭއާރް ބޭނުންކުރަނިކޮށް

ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ ސަބަބުން ފުޓްބޯޅައަށް ގެއްލުމެއް ނުވާކަން ޔަގީން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި ވީއޭއާރް ބޭނުންކުރަމުން އަންނައިރު، ފީފާއިން އެންމެ ފުރަތަމަ ވީއޭއާރް ބޭނުންކުރި ބޮޑު މުބާރާތަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕުގެ އިޓާލިއަން ލީގާއި ޖަރުމަން ލީގުގައި ވީއޭއާރް ބޭނުންކުރިއިރު، އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޔުއެފާއިން އިންތިޒާމުކުރާ މުބާރާތްތަކުގައިވެސް އަންނަނީ ވީއޭއާރް ބޭނުންކުރަމުންނެވެ.

އެކަމަކު ވީއޭއާރް ފުޓްބޯޅައިގައި ބޭނުން ކުރަން ފެށުމުން ގިނަ ކޯޗުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ކުރެވިފައެވެ. އެގޮތުން ފުޓްބޯޅައިގެ ބައެއް ކޯޗުންނާއި ތަޖުރިބާކާރުންވެސް ވަނީ ވީއޭއާރުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ކުޑަ ވެގެންދާ ކަމަށް ބުނެފައެވެ. އެކަމަކު އަނެއްބައި މީހުން ބުނަމުން އަންނަނީ ވީއޭއާރުގެ ސަބަބުން ރެފްރީންނަށް ހެދޭ ގޯސްތައް މަދުވެ، ފުޓްބޯޅަ އެހެން ހަރުފަތަކަށް ދާނެ ކަމަށެވެ.

މީގެ ކުރިން ފުޓްބޯޅައިގެ ގަވާއިދުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) ގެ ބާރުގެ ދަށުގައި ވީއޭއާރް އޮތްއިރު، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފީފާއިން ވަނީ ވީއޭއާރް ބެލެހެއްޓުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ވީއޭއާރް އުފެއްދީ މީގެ ދެ އަހަރު ކުރިން ކަމަށާއި، ވީއޭއާރާއެކު ފުޓްބޯޅައަށް ބޮޑު އިންގިލާބެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ވީއޭއާރުގެ ސަބަބުން ފުޓްބޯޅައަށް ގެއްލުމެއް ނުވާކަން ޔަގީން ކަމަށާއި، އޭގެ ބަދަލު ވީއޭއާރުގެ އެތައް ފައިދާއެއް ފުޓްބޯޅައަށް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވީ ވީއޭއާރާއެކުވެސް ބައެއް ގޯސްތައް ހެދޭކަން ގަބޫލުކުރާ ކަމަށާއި، އެކަމަކު އެފަދަ ގޯސްތައް ހެދެނީ ވީއޭއާރް ބަލަހައްޓަން ތިބޭ އޮފިޝަލުންގެ ތަޖުރިބާ މަދުވުމުން ކަމަށެވެ. އެހެންކަމުން ވީއޭއާރަށް ފާޑުކިޔުމުގެ ބަދަލުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ވީއޭއާރުގެ ދިފާއުގައި އިންފަންޓީނޯ ވާހަކަދެއްކިއިރު، މީގެ ކުރިން ފީފާ ރެފުރީސް ކޮމިޓީގެ ޗެއާމަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ރެފުރީ ޕިއަރްލުއިޖީ ކޮލީނާވެސް ވަނީ ވީއޭއާރް ދިފާއުކޮށް ވާހަކަދައްކަވާފައެވެ.

ވީއޭއާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ދާދި ފަހުން ބީބީސީ ސްޕޯޓްއިން ވަނީ ވީއޭއާރާ ދޭތެރޭ ސަޕޯޓަރުން ދެކޭ ގޮތް ބެލުމަށް ޕޯލްއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕޯލްގައި ވީއޭއާރާ އެއްކޮޅަށް 30 އިންސައްތަ ސަޕޯޓަރުން ވޯޓުދިންއިރު، 44 އިންސައްތަ ސަޕޯޓަރުން ވަނީ ވީއޭއާރުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ ކަމަށް ވޯޓުދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ މުހިންމު ދެމެޗު ބޭލް އަށް ގެއްލިއްޖެ

03 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގެ މުހިންމު ދެމެޗު ބޭލް އަށް ގެއްލިއްޖެ
29 ސެޕްޓެމްބަރު 2017

އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް

29 ސެޕްޓެމްބަރު 2017
އެންޗެލޮޓީ ވަކިކުރީ ބަޔާއިން ނެރެމުންގެންދާ ދަށްނަތީޖާގެ ސަބަބުން: ބަޔާން މިޔުނިކް
04 ސެޕްޓެމްބަރު 2017

އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ

04 ސެޕްޓެމްބަރު 2017
އަނިޔާގެ ސަބަބުން ދެވަނަ މެޗުގައި ވިޔާއަށް ނުކުޅެވޭނެ
11 އޯގަސްޓު 2017

އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!

11 އޯގަސްޓު 2017
އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!
12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
26 އެޕްރީލު 2017

ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން

26 އެޕްރީލު 2017
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް