Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

ނޭމާ އެ ޓީމާއި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޓީމަށް ސަޕޯޓު ކުރާ މީހުން ވަރަށް ބޮޑަށް އިތުރު ވެފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2017 | އަންގާރަ 11:11
ނޭމާ ޕީއެސްޖީގެ ޖާޒީގައި - ޕީއެސްޖީއަށް ސަޕޯޓް ކުރަމުން އަންނަ މީހުން އަންނަނީ ނޭމާ އެ ޓީމާ ގުޅުނު ފަހުން ވަރަށް ބޮޑުތަނުން އިތުރު ވަމުން

ނޭމާ ޕީއެސްޖީގެ ޖާޒީގައި - ޕީއެސްޖީއަށް ސަޕޯޓް ކުރަމުން އަންނަ މީހުން އަންނަނީ ނޭމާ އެ ޓީމާ ގުޅުނު ފަހުން ވަރަށް ބޮޑުތަނުން އިތުރު ވަމުން

ފްރާންސްގެ ޕީއެސްޖީއަށް މި ސީޒަނުގައި މީހުންގެ ސަމާލުކަން ލިބެމުން ދަނީ ނޭމާގެ ސަބަބުން ކަމަށް ޕޯޗުގަލްގެ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ ބާސެލޯނާއިން ދުނިޔޭގެ ރެކޯޑު ފީ އެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ނޭމާ ބަދަލުވި ފަހުން އެ ޓީމަށް ޔޫރަޕާއި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ލިބެމުން އަންނަ ތަރުހީބު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފަހުން މަޝްހޫރު ފޮޓޯ ޝެއާ ކުރާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރަމްގައި އެ ޓީމުގެ ފޮލޯވަރުން އަންނަނީ އިންތިހާއަށް ގިނަވަމުންނެވެ. އެގޮތުން އެ ޓީމަކީ މި ޕްލެޓްފޯމުގައި ހަތް ވަނައަށް އެންމެ ގިނަ ފޮލޯވަރުން ތިބޭ ކުޅިވަރު ކްލަބެވެ.

ފީގޯ ބުނެފައިވަނީ ނޭމާ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށާއި އޭނާ ޕީއެސްޖީއާ ގުޅުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ނޭމާގެ ސަބަބުން ޕީއެސްޖީ ވަރަށް ބޮޑަށް ޓީމެއްގެ ގޮތުގައި ވަރަގަދަ ވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ނޭމާ އެ ޓީމާއި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޓީމަށް ސަޕޯޓު ކުރާ މީހުން ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ޓީމުގެ މެޗުތަށް ބަލާ މީހުން ވެސް ވަރަށް ބޮޑަށް އިތުރު ވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ފީގޯ ބުނެފައިވެއެވެ.

ޕީއެސްޖީއަކީ ފޭސްބުކްގައި ވެސް ހަތް ވަނައަށް އެންމެ މަގްބޫލު ކުޅިވަރު ކްލަބެއެވެ. އެގޮތުން ނޭމާ އެ ޓީމާއި ގުޅުނު ފަހުން އެކަނިވެސް 1.4 މިލިއަން މީހުން އެ ކްލަބުގެ ފޭސްބުކް ޕޭޖް ލައިކް ކޮށްފައިވެއެވެ. އަދި އެ ކްލަބަކީ ދެވަނައަށް އެންމެ އަވަހަށް ފޮލޯވަރުން ގިނަވަމުންދާ ކްލަބަށްވާއިރު ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ސަބަބަކީ ނޭމާ އެ ޓީމާއި ގުޅުމެވެ. ނޭމާއަކީ ދުނިޔޭގެ އެންމެ މާކެޓަބަލް އެއް ކުޅުންތެރިޔާއެވެ.

ފީގޯ އިތުރަށް ބުނެފައިވަނީ ގަތަރުގެ ކުންފުނިތަކުން ޕީއެސްޖީއަށް ފައިސާ ފޯރު ކޮށްދިނުމަކީ އެ ޓީމަށް އަގުބޮޑު ކުޅުންތެރިން ގެނައުމަށް އެންމެ ބޮޑަށް ބާރު ލިބޭ ސަބަބު ކަމަށާއި އެހެން ކްލަބުތަކުން ކުޅުންތެރިން ގެނައުމުގައި ޕީއެސްޖީއާ ވާދަނުކުރެވޭނެ ކަން ގަބޫލް ކުރާ ކަމަށެވެ. އަދި ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލްތަކަށް އެ ޓީމުން ތަބާ ވާނަމަ އެ ކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފީގޯ ބުނެފައިވެއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ވާދަވެރި މޮނާކޯއަށް ގެއްލުމާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ލަދުވެތި ގޮތަކަށް ބާސާ އަތުން ބަލިވެ އެ ޓީމު ކެޓުމާއި ވިދިގެން ޕީއެސްޖީގެ މެނޭޖްމަންޓުން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި 400 މިލިއަން ޔޫރޯ ހޭދަ ކޮށްފައެވެ. ނޭމާގެ އިތުރުން 180 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން މޯނާކޯއަށް ކުޅެމުން އައި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއާ ބްރެޒިލްގެ ޑެނީ އަލްވޭސް ވެސް ވަނީ އެ ޓީމަށް ގެނެސްފައެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 15 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު