Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19 ގެ އަސަރު ފުޓްބޯޅައަށް

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައަށް 11 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:52

ކުލަބުތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވަނީ ވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:52
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ދަނޑު ހުސްކޮށް

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ދަނޑު ހުސްކޮށް

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ފުޓްބޯޅަ އާމްދަނީއަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި، ފުޓްބޯޅައަށް ލިބުނު ގެއްލުމުގެ އަދަދު 11 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފީފާއިން ހެދި ސްޓިއަރިންގ ކޮމިޓީގެ ޗެއާމަން އޮލީ ރެއިން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅައިގެ ތާވަލުތައް އަވަސް އަރުވާލާއިގެން ރާވަން ޖެހުމާއި، ސަޕޯޓަރުންނާ ނުލައި މެޗުތައް ކުޅެން ޖެހުމާއި، ޓީވީ ރައިޓްސް ޑީލްތަކުގެ އަގު ދަށްވުމުން އެކަމުގެ އަސަރު ކުލަބުތަކަށް ކޮށް، މާލީ ގޮތުން ބޮޑު ގެއްލުމެއް ފުޓްބޯޅައަށް ވެފައިވާ ކަމަށެވެ. އެގޮތުން ފުޓްބޯޅައަށް ލިބުނު ގެއްލުމުގެ އަދަދު 11 ބިލިޔަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ރެއިން ވިދާޅުވިއެވެ.

ރެއިން އިތުރަށް ވިދާޅުވީ ފުޓްބޯޅައަށް ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށް އަހަރެއްހާ ދުވަސް ނާގާނެ ކަމަށާއި، އަންނަ އަހަރަކީ ކުލަބުތައް މާލީ ގޮތުން ގެއްލުމުގައި ހިންގަންޖެހޭނެ އަހަރަކަށް ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް-19 ރިލީފް ފަންޑަކީ ވަކި ވަގުތެއް ކަނޑައެޅިފައިވާ ފަންޑެއް ނޫން ކަމަށާއި، ކޮންމެ ގައުމަކަށްވެސް އެ ފަންޑު މެދުވެރިކޮށް ލޯނު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު ލޯނު ލިބޭނީ އެނޫން ގޮތެއް ނެތް ގައުމުތަކަށް އެކަނި ކަމަށް ރެއިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ބޮޑެތި ކުލަބުތައްވެސް ވަނީ އަޑިއަޅާލާފައެވެ. މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް، އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ މެޗުތައް ކުޅެމުން ދަނީ ސަޕޯޓަރުން ނުވައްދައެވެ.

މީގެ ކުރިން ފީފާއިން ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ކޮންމެ ގައުމަކަށް 150 މިލިޔަން ޑޮލަރުގެ އެހީއެއް ދީފައެވެ. ފީފާ އިން އެފަހަރު ދިން އެހީއަކީ އެ ޖަމުޢިއްޔާއިން 2016 ވަނަ އަހަރު ތައާރަފުކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުން ނެގި ބަޔެކެވެ. އެގޮތުން 2019-2022 ގެ މުއްދަތުގައި ފީފާއިން އެ ފަންޑުން ޖުމްލަ 1.746 ބިލިޔަން ޑޮލަރު އެސޯސިއޭޝަންތަކަށް އެހީގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2019

އަހުލާގީ މައްސަލަތަކަކާއި ގުޅިގެން ޖޫނިއަރ ޓީމުގެ ކުޅުންތެރިންތަކެއް ޓީމުން ވަކިކޮށްފި

23 ޖުލައި 2019
އަހުލާގީ މައްސަލަތަކަކާއި ގުޅިގެން ޖޫނިއަރ ޓީމުގެ ކުޅުންތެރިންތަކެއް ޓީމުން ވަކިކޮށްފި
07 އޮކްޓޯބަރު 2018

ޗިކޫގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފި

07 އޮކްޓޯބަރު 2018
ޗިކޫގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފި
06 އޮކްޓޯބަރު 2018

ރޭޕްގެ ތުހުމަތާއި ގުޅިގެން ރޮނާލްޑޯއަށް ގައުމީ ޓީމުން ޖާގައެއް ނުލިބުނު

06 އޮކްޓޯބަރު 2018
ރޭޕްގެ ތުހުމަތާއި ގުޅިގެން ރޮނާލްޑޯއަށް ގައުމީ ޓީމުން ޖާގައެއް ނުލިބުނު
29 މެއި 2018

ރާމޯސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރުގެ މައްސަލައަކާއި ތިން ލައްކަ ސޮއި

29 މެއި 2018
ރާމޯސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރުގެ މައްސަލައަކާއި ތިން ލައްކަ ސޮއި
09 މާރިޗު 2018

ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި

09 މާރިޗު 2018
ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި
07 އޮކްޓޯބަރު 2017

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

07 އޮކްޓޯބަރު 2017
ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު
05 އޮކްޓޯބަރު 2017

ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ

05 އޮކްޓޯބަރު 2017
ފީފާ ވޯލްޑް ކަޕް ބޭއްވުމަށް އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެން ބިޑު ކުރަނީ
01 އޯގަސްޓު 2017

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017
ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް
28 މެއި 2017

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް