Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުއެންއެން އިފްތިތާހުކުރުން

ރާއްޖެޓީވީން ނިއުސް އެޖެންސީ އިފްތިތާހުކޮށްފި

16 އޮކްޓޯބަރު 2021 | ހޮނިހިރު 02:43

ނިއުސް އެޖެންސީގެ އެންމެ ޚާއްސަ އެއް ކަމަކީ އެމީހަކު ހުރިތާކުން ޚަބަރު ގެނެސްދިނުމުގެ ފުރުސަތު ފަހިވެފައިވުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 02:43
ރާއްޖެ ނިއުސް ނެޓްވޯރކް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ނިއުސް ނެޓްވޯރކް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ޓީވީން ރާއްޖެ ނިއުސް ނެޓްވޯރކް (އާރު.އެން.އެން)ގެ ނަމުގައި ނިއުސް އެޖެންސީއެއް އިފްތިތާހުކޮށްފިއެވެ.

މިނިއުސް އެޖެންސީ އިފްތިތާހުކުރުމަށް ރާއްޖެ ޓީވީގައި ބޭއްވި ޚާއްސަ ހަފްލާގައި ވަނީ ރާއްޖެ ޓީވީގެ އިސްވެރިންގެ އިތުރުން މުވައްޒަފުންނާއި މިވަގުތު ނިއުސް އެޖެންސީގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައެވެ. ނިއުސް އެޖެންސީ އާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމު އާމިރު ސަލީމް ވިދާޅުވީ މަގްސަދަކީ ފުރިހަމައަށް މަސައްކަތްކުރާ ނިއުސް އެޖެންސީއެއް އުފެއްދުންކަމަށެވެ. މިވަގުތު ނިއުސް އެޖެންސީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ނޫސްވެރިންނަކީ ކުރިން ނޫސްވެރިކަމުގައި އުޅެފައި ތިބި އެކަމުގެ ތަޖުރިބާ އާއި ތައުލީމުވެސް ލިބިފައިވާ މީހުންނެވެ.

Advertisement - newsAdvertisement

ނިއުސް އެޖެންސީގެ އެންމެ ޚާއްސަ އެއް ކަމަކީ އެމީހަކު ހުރިތާކުން ޚަބަރު ގެނެސްދިނުމުގެ ފުރުސަތު ފަހިވެފައިވުމެވެ. އާމިރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެމީހަކު ހުރިތާކުން ޚަބަރު ގެނެސްދިނުމުގެ ފުރުސަތު މިނިއުސް އެޖެންސީގައި އޮންނާނެކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުވެސް އެފުރުސަތު ހުޅުވާލާފައިވާކަމަށް އާމިރު ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް އުފެދުނު ނިއުސް އެޖެންސީ ލޯންޗްކޮށްފައިވަނީވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ނިއުސް އެޖެންސީގައި މަސައްކަތްކުރާ ނޫސްވެރިންނާ އެކުއެވެ. އެގޮތުން ނިއުސް އެޖެންސީ ލޯންޗުކުރިއިރު ނިއުސް އެޖެންސީގައި ހއ އަތޮޅުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ހއ ދިއްދޫން މަލީހާ ރަޝީދެވެ. ކުޅުދުއްފުށި ސިޓީން ނިއުސްއެޖެންސީގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގިނަ ބަޔަކަށް އެނގިގެންގޮސްފައިވާ އުންމު ކުލްސޫމް އިބްރާހީމެވެ. އައްޑޫ ސިޓީން އައިޝަތު މުހައްމަދު އަދި މެދު ރާއްޖެ ތެރެއިން ނިއުސް އެޖެންސީގައި މަސައްކަތްކުރާނީ ޒަމްއަތު އަހުމަދު ވަހީދެވެ. މިއީވެސް ދިވެހިރާއްޖޭގެ އަޑުގައި ކުރިން މަސައްކަތްކުރުމަށްފަހު ފަހުން ޓީވީއެމްގައި އަދި ވީޓީވީގައި މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ.

މީގެއިތުރުން ނިއުސް އެޖެންސީގައި ކުރިން ރާއްޖެޓީވީގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންވެސް މަސައްކަތްކުރާނެއެވެ. އެގޮތުން ރިޒްނާ ޒަރީރު، އަހުމަދު މުހުސިން ނިއުސް އެޖެންސީގައި މަސައްކަތްކުރާނެއެވެ.

އާމިރު ވިދާޅުވީ ނިއުސް އެޖެންސީގެ މަސައްކަތްތައް ކުރިޔަށް އޮތްތަނުގައި ބައްޓަންވެގެންދާނީ އާރުއެންއެންއަށް ސަބްސްކްރައިބް ކުރުމުން އެޖެންސީގައި ހުންނަ ޚަބަރުތައް ދުނިޔޭގެ އެހެން މީޑިޔާ ސްޓޭޝަންތަކަށް ބޭނުންކުރެވޭ ގޮތަށްކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ގޮތުން ރޮއިޓަރސް އަދި އޭއެފްޕީ ފަދަ ތަންތަނުން ޚަބަރާއި މައުލޫމާތު ފަތުރާގޮތަށް ކުރިޔަށް އޮތްތަނުގައި އާރުއެންއެންގެ މަސައްކަތްތައް ބައްޓަންވެގެންދާނެކަމަށް އާމިރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޖޫން 2017

ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި

11 ޖޫން 2017
ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި
09 ޖޫން 2017

ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ

09 ޖޫން 2017
ވީނިއުސްގައި ޝާއިޢުކުރި ހަބަރަކާ ގުޅިގެން ރިފާއު ޕޮލިހަށް ހާޒިރުކުރަނީ
18 މެއި 2017

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

18 މެއި 2017
އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި
04 މެއި 2017

ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

04 މެއި 2017
ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް