Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިފާއު ޕޮލިހަށް

ވީ ނިއުސްގެ ސީނިއަރ އެޑިޓަރ ރިފާއު ފުލުހަށް ހާޒިރުކޮށްފި

11 ޖޫން 2017 | އާދީއްތަ 03:07

ރިފާއު ހާޒިރުކުރީ އާޒިމް ހައްޔަރު ކުރި ޚަބަރުގެ ސުރުޚީ ލިޔުނު ގޮތަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ޖޫން 2017 | އާދީއްތަ 03:07
ވީ ނިއުސްގެ ރިފާއު: ފުލުހަށް ވަނީ ހާޒިރުކޮށްފައި

ވީ ނިއުސްގެ ރިފާއު: ފުލުހަށް ވަނީ ހާޒިރުކޮށްފައި

ވީމިޑީއާ ގުރޫޕުގެ ދަށުން ހިންގާ ވީނިއުސްގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ހޮނިހިރު ދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. ފުލުސް އޮފީހުގައި އެއްގަޑިއިރަށްވުރެ ގިނައިރު ހޭދަކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިފާއުގެ ގާނޫނީ ވަކީލު ނަދީމް އިބްރާހިމް ވިދާޅުވީ ރިފާއު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ (ހ)ގެ ދަށުން ތުހުމަތު ކުރެވޭ ކުށެއްގެ މައްސަލައިގައި ކަމަށެވެ. ނަދީމް ވިދާޅުވީ ރިފާއު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތަށް ވާހަކަ ދެއްކުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހައްޔަރުކުރުމާއި ގުޅިގެން ލިޔުނު ހަބަރެއްގެ ސުރުހީ ލިޔެފައިވަނީ ކޯޓު އަމުރުގައި ބުނާ އެއްޗެއް އާންމުންނަށް އޮޅޭފަދަ ގޮތަކަށް ކަމަށް ބުނެ ކަމަށެވެ. ރިފާއު ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ފުލުހަށް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން ދީފައިވާ ބަޔާނުގައި ފުލުހުން މައްސަލަ ޖައްސާ ހަބަރުގެ ސުރުހީ ލިޔުނީ ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މީގެ އިތުރުން ރިފާއު ވިދާޅުވީ ވީމީޑިއާގެ ޕޮލިސީގައި އެއްވެސް އިރެއްގައި ދައުލަތުގެ މުއައްސަސާއަކުން ނެރޭ ލިޔުމެއް، އަމުރެއް އަދި ރައްޔިތުން އަމަލު ކުރަންޖެހޭ ގާނޫނެއް، ގަވައިދެއް ނުވަތަ އުސޫލެއްވިޔަސް އޮޅޭގޮތަށް ހަބަރާއި މައުލޫމާތު ފެތުރުން ނޯންނާނެ ކަމަށެވެ. އަދި ދޮގު މައުލޫމާތު ފެތުރުމަށް ވީމީޑިއާގެ މެނޭޖްމަންޓުން އެއްވެސް އިރެއްގައި އިރުޝާދު ދެއްވާފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވީމީޑިއާގެ ވަސީލަތްތަކުން ރައްޔިތުންނަށް ގެނެސްދޭ ހަބަރާއި މައުލޫމާތުތަކަކީ ތެދު ހަގީގީ މައުލޫމާތު ތަކެއްކަން ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށްވެސް ރިފާއު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
23 މާރިޗު 2017

ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!

23 މާރިޗު 2017
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
09 މާރިޗު 2017

ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ

09 މާރިޗު 2017
ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ
06 މާރިޗު 2017

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި

06 މާރިޗު 2017
ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް