Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އައްޑޫ ރިލީފް ފަންޑް"

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

މި ފަންޑްފޮއްތަކީ އައްޑޫ ހިތަދޫ ރައްޔިތުންނަށް އެހީވުމަށް ހުޅުވި ފަނޑެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 މެއި 2017 | ބުރާސްފަތި 17:45
މި ފަންޑަށް ކޮށްމެ ބޭފުޅަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ

މި ފަންޑަށް ކޮށްމެ ބޭފުޅަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީގެ ފަރާތުން "އައްޑޫ ރިލީފް ފަންޑް" ހުޅުވައިފިއެވެ.

ރާއްޖެޓީވީގެ ބިޒްނަސް ޑިވެލެޕްމެންޓް މެނޭޖަރ ސިމާނާ އިސްމާއިލް ވިދާޅުވީ، މި ފަންޑަކީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ އަތޮޅު ހިތަދޫއަށް ބުދަ ދުވަހުގެ ރޭ 10.45 ހާއިރު އެރި ނަގޫރޯޅި އާއި ގުޅިގެން އައްޑޫ ހިތަދޫގެ 11 އާއިލާއެއް ހާލުގައި ޖެހިފައިވާތީ އެ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ރާއްޖެޓީވީން ހުޅުވާލި ރިލީފް ފަންޑެއް ކަމަށެވެ.

Advertisement - newsAdvertisement

މިއަދު ހަވީރު 5.00 ގައި ހުޅުވި މި ފަންޑްފޮށި ހުންނާނީ ރާއްޖެޓީވީގައި އެވެ.

ފަންޑަށް އެހީވުމަށްޓަކައި ދިވެހިރުފިޔާ އަދި ޑޮލަރު އެކައުންޓެއް ވަނީ ގާއިމް ކުރެވިފައެވެ. އެގޮތުން ދިވެހި ރުފިޔާއިން އެހީވުމަށް އެކައުންޓް ނަމްބަރު 7704700410001 އަދި ޑޮލަރުންނަމަ 7704700410002 އަށް ފައިސާ ކުރެވިދާނެ އެވެ.

ބުދަދުވަހުގެ ރޭ އައްޑޫ ހިތަދުއަށް އެރި ނަގޫރޯޅީގެ ސަބަބުން ޖުމްލަ 16 ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުން އެ ގެތަކަށް ވަނީ ލިބިފައެވެ. ފުރާޅު އެއްލާލި ގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ، ވަގުތީ ގޮތުން ބޯހިޔާވަހިކަން މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ސޯބެ ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން ދިވެހި ރެޑްކޮރަސަންޑާއި އައްޑޫ ހައުސިން މިނިސްޓްރީގެ ޑިޕާޑްމެންޓުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ސޯބެ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުންމުގެ ތަފްސީލް ބަލަމުން އަންނަ ކަމަށާއި، ލިބުނު ގެއްލުމުގެ ތަފްސީލެއް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން ގދ. ނަޑެއްލާ، އއ. ތޮއްޑޫގެ އިތުރުން ތ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު