Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން

ބްރެޒިލް ކޮލިފައިވުމާ ގާތަށް، އާޖެންޓީނާއަށް މުހިންމު މޮޅެއް

ޕެރޫ އަތުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2021 | ހުކުރު 09:39
ބްރެޒިލާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން

ބްރެޒިލާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުން އުރުގުއޭ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ބްރެޒިލް ޖެހިލިއިރު، ޕެރޫ ބަލިކޮށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އާޖެންޓީނާއިންވެސް ބޮޑުކޮށްފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ އުރުގުއޭ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ނޭމާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން ބްރެޒިލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އަދި ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ރަފީނިއާ ބްރެޒިލުގެ ތިންވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ބާބޯސާއެވެ. މި މެޗުގައި އުރުގުއޭގެ ހަމައެކަނި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.

މި މޮޅާއެކު ދެކުނު އެމެރިކާ ކޮލިފައިންގެ ތާވަލުގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އެ އާއެކު ވޯލްޑް ކަޕަށް ކޮލިފައިވާން ދެން ބްރެޒިލަށް ބޭނުންވަނީ އެންމެ މޮޅެކެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އާޖެންޓީނާއިން ބޮޑުކުރީ ހުކުރު ދުވަހުގެ ފަތިހު 1-0 ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށްގެންނެވެ. މި މޮޅާއެކު އާޖެންޓީނާއިން ވަނީ ބަލިނުވެ 25 މެޗު ހަމަކޮށްފައެވެ. 

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.

މި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ 11 މެޗުން 25 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދާފައިވާ އިކުއެޑޯއެވެ. އަދި ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސްވަނައިގައި އޮތް އުރުގުއޭއަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދަން އާޖެންޓީނާއަށް ކޮލިފައިންގައި ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު