Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޒަވާޖީ ހަޔާތް

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

އުފާވެރި ޒަވަޖީ ހަޔާތެއްނަމަ އެހެން މީހުން ދެކޭގޮތް މުހިއްމެއްނޫން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 15 ޖޫން 2017 | ބުރާސްފަތި 03:31
ސޯޝަލް މީޑިއާގައި ދިިރިއުޅުމުގެ ކަންކަން ހިއްސާކުރުމަކީ ބައެއް މީހުން އުފަލެއްގެ ގޮތުގައި ދެކޭ

ސޯޝަލް މީޑިއާގައި ދިިރިއުޅުމުގެ ކަންކަން ހިއްސާކުރުމަކީ ބައެއް މީހުން އުފަލެއްގެ ގޮތުގައި ދެކޭ

ތީން ކޮންމެ މީހެއްގެ ވެސް ރަށްޓެހިން ތެރެއިން ކޮންމެވެސް އެކަކު އަބަދުވެސް އޭނާގެ ދިރިއުޅުމުގެ އަދި ޒަވާޖީ ހަޔާތުގެ ކަންކަން ސޯޝަލް މީޑިއާގައި އަބަދުމެ ޕޯސްޓް ކުރޭ ހެއްޔެވެ؟ ބަލާނެ ކަމެއް ނެތެވެ. އޭނާގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. އެއީ ދެއްކުންތެރިކަމެވެ.

ރިސާޗްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުފާވެރި ހަޔާތެއް ވޭތުކުރާ ދެމަފިރިން ސޯޝަލް މީޑިއާގައި، ޕޯސްޓްތައް ކުރާލެއް މަދެވެ. އަދި ގިނަ ގިނައިން ޕޯސްޓްތައް ކުރާ މީހުންނަކީ އަމިއްލަ ދިރިއުޅުމަށް ވުރެ ބޮޑަށް މީހުންގެ ސަމާލުކަން ހޯދުމުގައި ވަގުތުތައް ބޭކާރު ކުރާ މީހުންނެވެ.

އުފާވެރި ޒަވަޖީ ހަޔާތެއް ނަމަ އެހެން މީހުން ދެކޭ ގޮތް މުހިއްމުތަ؟

ތިބާގެ ހަޔާތް އުފާވެރި ނަމަ، ކޮންމެހެން އެކަން ސޯޝަލް މީޑިއާއަށް އެނގޭކަށް ނުޖެއެވެ. އަދި އެހެންމީހުން އެމީހުންނާ މެދު ދެކޭ ގޮތް ވެސް މުހިއްމެއް ނޫނެވެ. އަދި ޒަވާޖީ ހަޔާތް އުފާވެރިކޮށް ވޭތުކޮށް، އެކަކު އަނެކަކަށް ދޭ ވަގުތަށް ވުރެ ސޯޝަލް މީޑިއާއަށް ކޮން ބޭކާރު ވަގުތެއް ހޭދަކުރާކަށް ހެއްޔެވެ؟ ގޮތްގޮތަށް ޕޯސްކޮށް ފޮޓޯ ނެގުމާއި، ސަކަރާތްޖެހުމަށް ވަގުތު ބޭކާރުކުރުމަށް ވުރެ އެމީހުނަށް މުހިއްމީ އެކުގައި އުފާވެރި ވަގުތުކޮޅެކެވެ.

ދެމީހުންގެ ދެމެދުގައި ހިނގާ ދެބަސްވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހޭތަ؟

ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަތައް ހުންނާނެއެވެ. އެކަމަކު އެ މައްސަލަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު އެކަން ކުރުމަކީ ރަނގަޅުކަމެއް ތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްބަލާށެވެ. ތިބާގެ އަމިއްލަ ދިރިއުޅުމުގެ މައްސަލައެއް ހައްލުކުރަން ދުރުން މީހަކު އަންނާނެހެއްޔެވެ؟ މައްސަލަ ހައްލުކުރާނީ ސޯޝަލް މީޑިއާއަކުން ނޫނެވެ. ދެމީހުން ވހަކަދައްކައި އެކުގައި ވަގުތު ހޭދަކޮށްގެންނެވެ.

އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމަކީ ކޮބާ؟

ތިޔައީ އުފާވެރި ދެމަފިރިންނަމަ ދެމީހުންގެ ކަންކަމުގައި އެހެން މީހުންގެ ފާޑުކިއުން ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހިތްވަރު ހުރި ދެމަފިރިން ނަމަ އެހެންމީހުންގެ ކޮމެންޓްތަކަކަށް ބަލާކަށް ނުޖެހެއެވެ. އަމިއްލަ އަށް ކަންކަން ހައްލުކުރާށެވެ. ހުރިހާ ވެސް ކަމަކީ އެކަކު އަނެކެއްގެ ވާހަކަތައް އަޑުއެހުމެވެ. އެކީގައި ވަގުތު ހޭދަކުރުމެވެ. ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމެވެ.

އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރާ ދެމަފިރިން ނަމަ އެކަކު އަނެކެއްގެ ވަގުތުތައް އެކުގައި ހޭދަކުރުމަށް ސަމާލުކަން ދޭނެއެވެ. ބޭކާރު ގޮތުގައި ސޯޝަލް މީޑިއާއަށް ވަގުތު ހުސްކުރުމަށްވުރެ، ބައިވެރިޔާއަށް ވަގުތު ދިނުން މުހިއްމު ކަމަށް ދެކޭނެއެވެ. ސޯޝްމީޑިއާގައި ސްޓޭޓަސްތައް ލިޔެ އެހެން މީހުންގެ ސަމާލުކަން ހޯދަމުން ބޭކާރު ގޮތުގައި ވަގުތު ހޭދައެއް ނުކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު