Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭކުރެންދޫ އޯޕަން ޕްރިޒަން

އޯޕަން ޕްރިޒަންއަކުން ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމަށް ފުރުސަތު ހުޅުވިގެންދާނެ

11 އޮކްޓޯބަރު 2021 | ހޯމަ 05:32

ޖަލުން ނުކުންނަތާ މާގިނަ ދުވަސް ނުވެ އަނެއްކާވެސް ކުށެގެ ވެށްޓަށް އެ ޒުވާނުން ވަންނަމުންދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 އޮކްޓޯބަރު 2021 | ހޯމަ 05:32
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ | ރައްޔިތުންގެ މަޖިލިސް

އޯޕަން ޕްރިޒަންއަކުން ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޯޕަން ޕްރިޒަނެއް އެޅުމުން މިހާރު ޖަލުތަކުގެ ނިޒާމަށް ބަދަލު އަންނާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކުށްކުރާ ޒުވާނުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ގިނަ ކަމަށާއި، ޖަލުގައި އެފަދަ ޒުވާނުންނަށް ހިންގަން ޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ރަނގަޅަށް ނުހިންގުމުގެ ސަބަބުން ޖަލުން ނުކުންނަތާ މާގިނަ ދުވަސް ނުވެ އަނެއްކާވެސް ކުށެގެ ވެއްޓަށް އެ ޒުވާނުން ވަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޯޕަން ޕްރިޒަންއަކުން އެފަދަ ޒުވާނުންނަށް ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުން މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިން ހިންގާފައި ނުވާ ކަމަށާއި، މިހާރު އެ ޕްރޮގްރާމްތައް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރު މިހާރު ބަންދު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހދ. ނޭކުރެންދޫގައި ގާއިމްކުރާ އޯޕަން ޕްރިޒަންގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ހޯމަދުވަހުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނަގަޅު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، ހދ. ނޭކުރެންދޫ ގައި ގާއިމްކުރާ އޯޕަން ޕްރިޒަންގެ މަސައްކަތް ފެށިގެން ދިޔައީ އެގޮތުން ކަމަށެވެ. އަދި 2019 ވަނަ އަހަރު އެ މަސައްކަތް ފެށިގެން ދިޔައިރު، އެ އަހަރުގެ ބަޖެޓްގައި އެކަން ނެތް ކަމަށެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރުގެ ބަޖެޓްގައި އެކަން ހިމަނައި އެ މަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ނޭކުރެންދޫގައި ޖަލު އިމާރާތްކުރާ ސަރަހައްދު ބަލައި ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ބަލައި، މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި 2020 ވަނަ އަހަރު ބަޖެޓްގައި 17.4 މިލިއަން ރުފިޔާގެ އެ ކަމަށް ކަނޑައެޅުނު ކަމަށެވެ. އެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް ކޮވިޑާ ގުޅިގެން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓް 150،000 ކުޑަކޮށް ބާކީ ބައި ކަނޑާލަން ޖެހުނު ކަމަށެވެ. އޭގެ ފަހުން ވެސް އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު މާޗް މަހު އެ ސަރަހައްދުގައި ހުރި ރުއްގަހަށް ބަދަލު ދީ ނިމިފައިވާ ކަމަށެވެ. އީއައިއޭގެ މަސައްކަތް 27 އެޕްރީލް 2021 ގައި ނިމިފައިވާ ކަމަށެވެ.

އެރަށުގެ ބަނދަރުން ޖަލާ ހަމައަށް އޮންނަ ބޮޑު މަގު ފާހަގަކޮށް ސާފުކުރުމަށް ކައުންސިލާ މަޝްވަރާތައް ކުރި ކަމަށެވެ. މަހެއްހާ ދުވަސް ވަންދެން މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލްގެ ބަޖެޓުން އެކަން ކުރެވެން ނެތް ކަމަށް ބުނުމުން، ޖަލުގެ ބަޖެޓުން އެމަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޯޕަން ޕްރިޒަންގެ ކޮންސެޕްޓް ޑްރޯވިން މިހާރު ކުރިއަށްދާއިރު، ބައުންޑްރީ ވޯލްގެ މަސައްކަތް ޓެންޑަރ ކުރެވި، 3 ފަރާތަކުން ބިޑް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެތަނުން ބަޔަކަށް ބިޑް ކާމިޔާބު ކުރެވި، މި އަހަރު ބައުންޑްރީ ވޯލް މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީއާ ކެރިފޯރުންތެރިކަން ހުރި މިންވަރުން މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހދ. ނޭކުރެންދޫރައްޔިތުންގެ މަޖިލިސްމިނިސްޓަރ އިމްރާންހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ނޭކުރެންދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދޭ، ކުރީ ސަރުކާރުގައި ފަށައި، ނިމުމާ ގާތްވެފައިވާ މަޝްރޫއުތައް ވެސް އޮތީ ހުއްޓުވާފައި!

23 އޯގަސްޓު 2026
ނޭކުރެންދޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދޭ، ކުރީ ސަރުކާރުގައި ފަށައި، ނިމުމާ ގާތްވެފައިވާ މަޝްރޫއުތައް ވެސް އޮތީ ހުއްޓުވާފައި!
22 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

22 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
13 އެޕްރީލު 2026

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް