Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަރަބް އިސްލާމިކް ސަމިޓް

އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!

އެބަޔާނުގައި ޓެރެރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 މެއި 2017 | އަންގާރަ 14:46
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ސައޫދީ ޢަރަބިއްޔާގެ ރިޔާޟްގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޢަރަބް އިސްލާމިކް-އެމެރިކަން ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަޔާނެއް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައި މި ވަނީ ސަމިޓްގައި ރައީސް ތަގުރީރުކުރައްވާނެކަން އިއުލާންކުރައްވާފައި ވަނިކޮށް ތަގްރީރުކުރެއްވުމުގެ ކުރިން ސަމިޓް ނިންމާލާފައި ވަނިކޮށެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ މައްސަލައާ ދެކޮޅަށް އިސްލާމީ ގައުމުތަކާއި އެމެރިކާއާ ގުޅިގެން މަސައްކަތް ކުރުމަށާއި، ހަމަޖެހުން ގާއިމްކޮށް، އެއްބަޔަކު އަނެއް ބައެއްގެ ތަފާތުތަކަށް އިޙްތިރާމުކުރުން ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި ސަމިޓެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ހަމަޖެއްސި ރައީސް ޔާމީންގެ ބަޔާނުގައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުން ކުރިއަށް ނެރެ، އަމާންކަމާއެކީ ހުރިހާ ފަރާތްތަކުން ވެސް އުޅުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ގައުމެއްގެ ވެރިންގެ ވެސް ޒިންމާއެއްކަން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއްވެ ސް ކުށްވެރިކުރާ ކަމަށާއި، ޒުވާނުން ހައްދުފަހަނަޅައި ދިއުމަށް މަގުފަހިވާ އިޖްތިމާއީ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ ބަޔާނުގައި، ހައްދުފަހަނަޅާފައިވާ ފަރާތްތަކާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކުރުން މުހިންމު ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނާގޮތުގައި ރައީސް ޔާމީންގެ ބަޔާނުގައި، ޢަރަބި-މުސްލިމް ގައުމުތަކުން މިއަދު ތިބީ، މި ބަހުސްގެ މެދުގައިކަން ހިތާމައާއެކު ފާހަގަ ކުރައްވާފައިވެއެވެ. އަދި، އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ، އިސްލާމްދީނުގެ ތަސައްވުރާއި، އަމަނާއި، އިޙްތިރާމާއި، ހަމަޖެހުމާއި، ތަފާތުތަކަށް ޖާގަ ދިނުމާއި، އިންސާފާއި، އެއްބައިވަންތަކަމަށް ބާރުއަޅާ، އިސްލާމު ދީނުގެ ރީތި ނަން ކިލަނބުކުރަން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މިއަދު ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ގައުމުތަކުން ގުޅިގެން ރާވައި ހިންގާ ކުށްތަކުގެ ސަބަބުން އެފަދަ ކުށްތަކުގެ އަޑީގައި ތިބޭ ފަރާތްތައް ހޯދުން ދަތިކަން ރައީސް ޔާމީން ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ. އެހެންކަމުން، އެކި ގައުމުތަކުން ގުޅިގެން މިފަދަ ޖަރީމާތަކާ ބެހޭ މައުލޫމާތު މިހާރަށްވުރެ އިތުރަށް ހިއްސާ ކުރަންޖެހޭ ކަމުގައި ރައީސް ޔާމީންގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުނެ ބުނެފައި ވެއެވެ. ހަމަ އެއާއެކު، ޓެރަރިޒަމާ ދެކޮޅަށް އދ. އިން އަޅާ ގާނޫނީ އަދި ދިފާއީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެންމެންގެ އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދެވެ. މި ސަމިޓުގައި، އިސްލާމީ ގައުމުތަކުގެ އިސްވެރިންނާއި، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީން ވަނީ ސަމިޓަށް ފަހު އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު