Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

އެންޑޯރާ ބަލިކޮށް އިންގްލެންޑް ކޮލިފައިވުމާ ގާތަށް

10 އޮކްޓޯބަރު 2021 | އާދީއްތަ 02:53

ތާވަލުގެ އެއްވަނައިގައި އިންގްލެންޑް އޮތީ 19 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޮކްޓޯބަރު 2021 | އާދީއްތަ 02:53
އެންޑޯރާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އެންޑޯރާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންޑޯރާ ބަލިކޮށް، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް އިންގްލެންޑް ޖެހިލައިފިއެވެ.

ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އެންޑޯރާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އިންގްލެންޑުން ވަނީ ވޯލްޑް ކަޕް ކޮލިފައިންތަކުގައި ބަލިނުވެ 28 މެޗު ހަމަކޮށްފައެވެ.

އެންޑޯރާގައި ކުޅުނު މި މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. ޖޭޑަން ސަންޗޯ ދިން ބޯޅައަކުުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލްއެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފިލް ފޯޑެން ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ ލަނޑެއް ޖަހައި، އިންގްލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އިންގްލެންޑުން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމެވެ. މި ސީޒަނުގައި ރޯމާއަސް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އަބްރަހަމް މި މެޗުގައި ލަނޑު ޖެހިއިރު، އޭނާއަށް އިންގްލެންޑުގެ ސްކޮޑުން ފުރުސަތު ދީފައި މި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހުއެވެ.

ދެން މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ޖޭމްސް ވޯޑް-ޕްރައުސް އާއި ޖެކް ގްރީލިޝްއެވެ. މި މެޗުގައި ގްރީލިޝް ލަނޑު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންގްލެންޑުގެ ސްކޮޑުން ޖާގަ ހޯދި ގްރީލިޝް، ގައުމީ ޓީމުގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަލްބޭނިއާއަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕޮލެންޑަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް