Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒުވާން ގައުމީ ވޮލީ ޓީމުގެ ޓްރަޔަލްތައް

ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްތައް ފަށައިފި

އާދީއްތަ އާއި ހޯމަ ދުވަހުވެސް ޓްރަޔަލްތައް ކުރިއަށްގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 02:01
ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމަށް ހޮނިހިރު ދުވަހު ބޭއްވި ޓްރަޔަލްގެ ތެރެއިން

ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމަށް ހޮނިހިރު ދުވަހު ބޭއްވި ޓްރަޔަލްގެ ތެރެއިން

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްތައް ހޮނިހިރު ދުވަހު ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގައި މި ޓްރަޔަލްތައް ފަށާފައިވާއިރު، އާދީއްތަ އާއި ހޯމަ ދުވަހުވެސް ޓްރަޔަލްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އާދީއްތަ އާއި ހޯމަ ދުވަހުގެ ޓްރަޔަލްތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން އެ ދުވަހެއްގެ ހަވީރު 15:30 އަށް އައިޑީ ކާޑު ހިފައިގެން ޒުވާނުންގެ މަރުކަޒަށް ހާޒިރުވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އެދިފައެވެ.

ވީއޭއެމުގެ ނައިބު ރައީސް އަލީ އަޝްރަފް (އަޝްރާ) ވިދާޅުވީ ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ޓްރަޔަލްތައް ފެށުމާއެކު، އެ ކަމަށް ވަރަށް ގިނަ ކުޅުންތެރިންގެ ތަރުހީބު ލިބިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ޓްރަޔަލުގައި އެކަނިވެސް 60 ކަށް ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށާއި، މިއިން އަންގައިދެނީ ވޮލީ ކުރިއަރަމުން އަންނަ މިންވަރު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަޝްރާ ވިދާޅުވީ ޒުވާން ޓީމަށް ކުރިއަށް އޮތް މުބާރާތްތަކާ ހަމައަށް ދާންދެން ރަނގަޅު ޓީމެއް އެކުލަވާލުމަށް ޓްރަޔަލްތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ދަތި އުނދަގޫ ދުވަސްތަކަކަށްފަހު ފަރިތަކުރުންތައް ފެށުމުން ލިބުނީ ހިތްހަމަޖެހުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވޮލީގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޒުވާން ގައުމީ ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ ޓްރަޔަލްތައް ފެށިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ވީއޭއެމުން ވަނީ ޒުވާން ގައުމީ ޓީމަށް ކޯޗުން ހޯދަން އިއުލާންކޮށްފައެވެ.

ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތް ވީއޭއެމުން ފަށާފައިވާއިރު، އަންނަ އަހަރު ގިނަ މުބާރާތްތަކެއްގައި ޒުވާން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި، އެ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު