Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ޖަރުމަނާއި ނެދަލެންޑްސް ކޮލިފައިވުމާ ގާތަށް

9 އޮކްޓޯބަރު 2021 | ހޮނިހިރު 05:52

ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 05:52
ޖަރުމަނާއި ރޯމޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނާއި ރޯމޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖަރުމަނާއި ނެދަލެންޑްސް ޖެހިލައިފިއެވެ.

ކޮލިފައިންގެ ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން މޮޅުވީ ރޯމޭނިއާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ރޯމޭނިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޔަނިސް ހާޖީއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސާޖް ގްނަބްރީ ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ޖަރުމަން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ވާދަވެރި މެޗެއްގައި ޖަރުމަނަށް މުލާ ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ފަހުން ޖަރުމަނުގެ ގައުމީ ޓީމުން މުލާއަށް ފުރުސަތުދެމުން އަންނައިރު، މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުން އެކުލަވާލި ސްކޮޑުން މުލާއަށް ފުރުސަތު ދީފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާ އާއި ތިންވަނައިގައި އޮތް އާމީނިއާއަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ރޯމޭނިއާއަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ކޮލިފައިންގެ ގްރޫޕް ޖީގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ލަޓްވިއާގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ނެދަލެންޑްސްއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މެމްފިސް ޑިޕާއި ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވީ ކްލާސެންއެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ހަތް މެޗުން 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޯވޭއަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ތުރުކީއަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް