Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމް

ރާއްޖެއިން ދަތުރުފަތުރުގެ ނިޒާމު ކުރިއަރުވަން ކުރާ މަސައްކަތްތައް ހިއްސާކުރައްވައިފި

މިނިސްޓަރ ނަހުލާ ވަނީ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2021 | ހުކުރު 09:22
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވާހަކަދައްކަވަނީ

ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވާހަކަދައްކަވަނީ

12 ވަނަ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފިއެވެ.

12 ވަނަ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްއަކީ މިމަހުގެ 6އިން 8 އަށް ތުރުކީގެ އިސްޓަމްބޫލްގައި ކުރިއަށްދާ ފޯރަމްއެކެވެ. މިއަހަރުގެ ފޯރަމްގައި 55 މެމްބަރު ގައުމަކުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ ތުރުކީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ 12 ވަނަ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވަނީ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންގެ މެދުގައި ކުރިއަށްދިޔަ ވަށް މޭޒުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ނަހުލާ ވަނީ ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް މިނިސްޓަރ ވަނީ އަލިއަޅުވައިލައްވާފައެވެ.

މި ފޯރަމްގައި ވަށް މޭޒު ބައްދަލުވުންތަކުގެ އިތުރުން ސެކްޓޯރަލް ސެޝަންތަކާއި، ގައުމުތަކުގެ މެދުގައި ކުރިއަށްދާ ބައްދަލުވުންތަކާއި، ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްގެންދާނެއެވެ.

މި ބައްދަލުވުންތަކުގައި މުޅި ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނުވާނެފަދަ ދަތުރުފަތުރުގެ ބޮޑެތި ޕްރޮޖެކްޓުތަކާއި، މި ސިނާއަތް ކުރިއެރުވުމާއި، ސިނާއަތުގެ ކުރިއެރުމާއެކު ކޮވިޑް-19ގެ ހާލަތުގެ ފަހުން އިޤްތިޞާދު ކުރިއަރުވަން ކުރެވޭނެ ކަންކަމާއި، ގައުމުތަކުގައި ހުރި ކަމާގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރެވޭނެއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ، ރައީސް އޮފީހުން އެކަން ހުއްޓުވައިފި

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ، ރައީސް އޮފީހުން އެކަން ހުއްޓުވައިފި

30 އޯގަސްޓު 2023
ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

16 މާރިޗު 2023
ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

06 ފެބުރުއަރީ 2023
ރަޖިސްޓްރީ ކުރަން ހުށަހަޅާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުކުރަން ފަށައިފި

ރަޖިސްޓްރީ ކުރަން ހުށަހަޅާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުކުރަން ފަށައިފި

13 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު