Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރ ނަހުލާއަށް ތުހުމަތުކުރާ މައްސަލަ

މިނިސްޓަރު ނަހުލާއަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ބަލަން ފަށައިފި

މައްސަލަ ބަލައިގަނެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކުރިޔަށްދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2022 | އަންގާރަ 08:49
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހެޅި މިމައްސަލައަކީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މިމައްސަލަ ބަލަން ފަށާފައިވާކަމަށް ވިދާޅުވެ އޭސީސީގެ ކޮމިޔުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮންނަ އުސޫލުގެ މަތިން މިމައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ވާތީ މައްސަލަ ބަލައިގަނެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކުރިޔަށްގެންދާކަމަށެވެ.

Advertisement - newsAdvertisement

އޭސީސީއަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް ޝަރުތުހަމަވާ މައްސަލައެއް ކަމަށްވާނަމަ އެކަމެއް ބަލާނެކަމަށާއި އެގޮތުގެ މަތިން މިމައްސަލަ ބަލަން ފަށާފައިވާއިރު މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް އެއްކުރުމުގެ މަސައްކަތްކުރިޔަށްދާކަމަށް ނިޝާން ވިދާޅުވިއެވެ.

މަހުމޫދު ޝަފީގު ހުށަހެޅި މައްސަލައާއެކު 57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލުކޮށްދޭ ރިޕޯޓު ވަނީ ހުށަހަޅާފައެވެ.

ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ވެހިކަލް ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ.

އޭސީސީއަށް މަހުމޫދު ޝަފީގު ފޮނުވި ސިޓީގައި ބުނީ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދުގެ ދެ ވަނަ އިސްލާހު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް، އެ އުޅަނދުތައް ރަޖިސްޓްރީކުރުމަށް، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދުގެ 1 ވަނަ އިސްލާހުގެ (ކ) ގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ (L-10) ހުށައަޅާފައިނުވާ ކަމަށެވެ.

އެ އުޅަނދުތައް ރަޖިސްޓްރީކުރަން ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ސިސްޓަމަށް އެންޓްރީނުކޮށް އަދި ޖަވާބު ދިނުމަކާ ނުލައި އެ ތަކެތި ރަޖިސްޓްރީކޮށްދީފައިވަނީ، ސިޓީގައި ތުހުމަތުކުރި ގޮތުގައި ރުޝާނާ އެވެ.

މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީތަކުގެ އިބާރާތަށް އަދި ލިޔުމުގައި ބޭނުންކޮށްފައިވާ ފޮންޓު އަދި އުޅަނދުތައް އެތެރެކުރި ފަރާތްތަކަކީ އެއްބައެއްކަން އެނގެއެވެ،" ސިޓީގައި އިތުރަށް ބުނެފައިވެއެވެ.

ނަހުލާ އާއި ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އޭގެ ތެރެއިން 80 އަށްވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް މި ވަގުތަށް ނުބެލުމަށެވެ.

ނަމަވެސް އެކަން ބަލައިނުގަނެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭސީސީމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު