Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮމެއިން ވިއްކުން

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ، ރައީސް އޮފީހުން އެކަން ހުއްޓުވައިފި

ޑޮމެއިން ވިއްކުމާގުޅޭ މައްސަލަ ޙައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޯގަސްޓު 2023 | ބުދަ 09:00
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށްގެންދާތީ، ރައީސް އޮފީހުން ވަކި ގޮތެއް އަންގަންދެން ޑޮމެއިންއާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގައިފިއެވެ.

އެއްގަމު އުޅަނދުގައި ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ ނަމެއް (ޑޮމެއިން) ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ދޫކުރުމާއި، ވިއްކުމާއި، ބަދަލުކުރުމާއި، އަގު ކަނޑައެޅުމާއި، ބޭނުން ކުރުމުގެ ހަމަތައް ކަނޑައަޅާފައިވާ ޤަވާއިދެއް އޮވެއެވެ. އެއީ "އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ޤަވާއިދު" އެވެ.

ރައީސް އޮފީހުން މިނިސްޓަރަށް އެޑްރެސްކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނަމުގައި ފޮނުވާފައިވާ މި ސިޓީގައި ބުނެފައިވަނީ، އެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ޑޮމެއިން ވިއްކުމާގުޅޭ މައްސަލަ ޙައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ޤަވާއިދުގެ 7 ވަނަ މާއްދާގައި ޑޮމެއިން ވިއްކަންވާނީ ވިއްކުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ކޮމިޓީތައް މިނިސްޓްރީން އެކުލަވާލާފައިނުވާކަމާއި، ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދާކަން ފާހަގަވާކަމަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އޮފީހުން ވަނީ މި ދައުރުގެ ތެރޭގައި މިހާތަނަށް ޚިދުމަތް ދެވިފައިވާ ޑޮމެއިންތަކުގެ ތަފްސީލާއި، ޑޮމެއިން ވިއްކުމާއި ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލާއި، ޑޮމެއިން ވިއްކުމާއި ގުޅޭކަންކަން ޤަވާއިދާ އެއްގޮތަށް ނުހިނގާ ސަބަބު ވީ އެންމެ އަވަހަށް ހިއްސާކޮށްދިނުމަށް އެދިފައެވެ.

އޭގެ އިތުރުން، ރައީސް އޮފީހުން ވަކި ގޮތެއް އަންގަންދެން ޑޮމެއިންއާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު