Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް

ކުރީ ސަރުކާރުތަކުން މެރިޓައިމް ދާއިރާ ތަރައްގީކުރަން މަސައްކަތް ކޮށްފައި ނެތުމުން ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައި: ނަހުލާ

ކުރިން ރާއްޖެއަކީ މެރިޓައިމް ދާއިރާގައި ނަން މަޝްހޫރު ޤައުމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2022 | ބުދަ 02:03
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

ކުރީ ސަރުކާރުތަކުން ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ އެ ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުތަކުން އެ ދާއިރާ ކުރިއަރުވަން މަސައްކަތް ކޮށްފައި ނުވި ނަމަވެސް މި ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، މެރިޓައިމް ދާއިރާއިން މީހުން ބިނާ ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖެއަކީ މީގެ ކުރިން މެރިޓައިމް ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޤައުމެއްކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އޭރު އެ ދާއިރާގައި މަސައްކަތް ކުރި މީހުންނަކީ މިއަދު ކާމިޔާބު ބައެއް ކަމަށެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއ މޯލްޑިވްސް ސްޓޭޓް ޝިޕިން އާ ގުޅިގެން ވަނީ "މެރިޓައިމް ސޭފްޓީ ވީކް" ގެ ނަމުގައި ހާއްސަ ހަފްތާއެއް ފާހަގަ ކުރުމަށް ވެސް ނިންމާފައެވެ. މި ހަފްތާ ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ.

މިއަހަރުގެ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަ ކުރާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މިއަހަރުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޯރ ގްރީނާ ޝިޕިން"އެވެ. އެހެންވެ މެރިޓައިމް ސޭފްޓީ ވީކް ހާއްސަކޮށްފައިވަނީ އަންނަ އޮތް ޖީލަށް ކަމަށް މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެރިޓައިމް ދާއިރާއާ ގުޅުންހުރި ތިން ފޮތެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. މީގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަ ދެ ފޮތާއި އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން ކެޕްޓަނުންނަށް ހާއްސަ ފޮތެއް ހިމެނެއެވެ. މި ފޮތްތައް ތައާރަފު ކޮށްދެއްވީ މިނިސްޓަރު ނަހުލާ އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު