Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ.ގެ ސެކެޓްރީ ޖެނެރަލްގެ މަގާމް

އދ އެސްޖީއަކަށް ގެންނަން ބޭނުންވަނީ އަންހެނެއް، އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް - ޝާހިދު

20 އަހަރު ފަހުން އޭޝިއާ ސަރަހައްދަށް އެ ފުރުސަތު ލިބޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 04:57
ޕީއެސްޖީ އަބްދުﷲ ޝާހިދު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

ޕީއެސްޖީ އަބްދުﷲ ޝާހިދު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

އދ.ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށް އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާރުގެ އުންމީދަކީ އެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުން ކަމަށެވެ. މިހާރު އެ މަގާމުގައި ހުންނެވީ، ހުޅަނގު ޔޫރަޕްގެ ބޭފުޅެއް ކަމަށާއި، އެއަށްފަހު ދެން ފުރުސަތު އޮންނާނީ އެފްރިކާ ބައްރަށް ކަމަށެވެ. އެފްރިކާއަށް ފަހު ދެން ފުރުސަތު ލިބޭނީ އޭޝިއާއަށް ކަމަށާއި، އެފްރިކާ ބައްރުން ވެސް އަންހެން ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އަދި އޭޝިއާއިން ވެސް އެ މަގާމަށް ހޮވާނީ އަންހެން ބޭފުޅެއް ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވެސް ތާއީދު ކުރައްވަނީ އަންހެން ބޭފުޅަކު އޭޝިއާއިން އެ މަގާމަށް ވަޑައިގަތުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް އެއްވެސް ވަރަކަށް ޝައުގެއް ނެތް ކަަމަށެވެ. އަދި މިހާތަނަށް އަންހެން ބޭފުޅަކު އެމަގާމު ފުރުއްވާފައި ނުވާތީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ކޮންމެ ބައްރަކުން ބޭފުޅަކު ވަޑައިގަތަސް އަންހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

20 އަހަރު ފަހުން އޭޝިއާ ސަރަހައްދަށް އެ ފުރުސަތު ލިބުނަސް އަންހެން ބޭފުޅަކު ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ސެކެޓްރީ ޖެނެރަލް ކަމަކީ ވެސް ރޮޓޭޝަން އުސޫލުން ހޮވާ މަގާމެކެވެ.

ޢަބްދުﷲ ޝާހިދުޔޫއެންޖީއޭ 76ފަށާއިރުރާއްޖެޓީވީ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު