Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒުވާން ޑިޕްލޮމެޓުން

ޒުވާން ޑިޕްލޮމެޓުން އުފެއްދުމުގެ ޕްރޮގްރާމް ނޮވެމްބަރު މަހު ފަށަނީ

ވަކިވަކި ސަރުކާރުތަކުން ނިންމާ ކޮންމެ ނިންމުމެއްގެ އަސަރު ކުރާނީ ޒުވާނުންނަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 03:17
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު

އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު

ޒުވާން ޑިޕްލޮމެޓުންގެ އައު ޖީލެއް އުފައްދަން ފައްޓަވާ ޕްރޮގްރާމް އަންނަ މަހު ފަށްޓަވާނެ ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްކަންދަރު ސްކޫލުގައި ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތުގައި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ދަށުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގުރާމެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ބޭނުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ ތެރެއިން ގައުމުތަކުގެ ޒުވާން ޑިޕްލޮމެޓުންނަށް ފުރުސަތު ހޯއްދަވައިދެއްވުން ކަމަށާއި، އދ. ގެ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް ދަސްކުރުމަށް އެއް އަހަރު ދުވަހު އެމަނިކުފާނާއެކުގައި އެ ކުދިން މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި, މަލްޓިލެޓަރިޒިމަށް ވަރުގަދައަށް ވަކާލާތު ކުރާ ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގުރާމުގެ ދަށުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން، ފުރަތަމަ ގްރޫޕް ނިއު ޔޯކަށް ގެންދެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވަކިވަކި ސަރުކާރުތަކުން ނިންމާ ކޮންމެ ނިންމުމެއްގެ އަސަރު ކުރާނީ ޒުވާނުންނަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އދގެ ރައީސްގެ ހައިސިއްޔަތުން ކޮންމެ ގައުމަކަށް ދަތުރުކުރެއްވާއިރުވެސް ޒުވާނުންނާ ބައްދަލުކޮށް ޒުވަނުންގެ އަޑު އައްސަވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާނުން އެމަނިކުފާނަށް ފޮނުވާފައިވާ ސިޓީތައް ލިބުނު ކަމަށާއި، އެ ސިޓީތައް ވިދާޅުވި ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ޒުވާނުން އެ ސިޓީގައި ފާހަގަކޮށްފައިހުރި ކަންބޮޑުވުންތައް އުފަލާއެކު ބަލައިގަންނަ ކަމަށާއި، ތިމާވެއްޓާ ގުޅިގެން ފާހަގަކޮށްފައި ހުރި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދގެ އާއްމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ރިޔާސަތުގައި ކުރައްވާނެ ކަމަށާއި، އެންމެ ފުރަތަމަ އެކަމަށް އިސްނެގި 10 ގައުމުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހުއެވެ.

ޔޫއެންޖީއޭ 76ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެ

ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެ

08 މެއި 2023
މާފަރުގެ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފަށާނެކަމުގެ ޔަގީންކަން އޭޑީ.އެފް.ޑީ އިން ދީފި

މާފަރުގެ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފަށާނެކަމުގެ ޔަގީންކަން އޭޑީ.އެފް.ޑީ އިން ދީފި

15 އޮކްޓޯބަރު 2022
ޚާރިޖީ ސިޔާސަތުގެ މޭވާ މިދަނީ ލިބެމުން

ޚާރިޖީ ސިޔާސަތުގެ މޭވާ މިދަނީ ލިބެމުން

17 ޖެނުއަރީ 2022
ފާއިތުވި 74 އަހަރު އދ ގެ އެޖެންޑާގައި އޮވެމެ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުހޯދުނު، އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ: ޝާހިދު

ފާއިތުވި 74 އަހަރު އދ ގެ އެޖެންޑާގައި އޮވެމެ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުހޯދުނު، އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ: ޝާހިދު

03 ޑިސެމްބަރު 2021
އދ.ގެ އާންމު މަޖިލީހުގެ އޮނިގަނޑު ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން ހުށަހަޅައިފި

އދ.ގެ އާންމު މަޖިލީހުގެ އޮނިގަނޑު ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން ހުށަހަޅައިފި

09 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު