Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުއެމް

ޕާޓީގެ އެކްސްކޯގެ ތެރޭގައި ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު ނުތިބޭނެ: ފާރިސް

ލީޑަރޝިޕްގެ މަގާމުތަކުގައި އާއިލާގެ ބައެއް މެމްބަރުން ތިއްބެވި ނަމަވެސް ޒައީމުގެ މަގާމަކީ ޕާޓީ ހިންގުމާބެހޭ މަގާމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 02:42
ޕާޓީގެ ރައީސް ފާރިސް މައުމޫން

ޕާޓީގެ ރައީސް ފާރިސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަލަށް އިންތިޚާބުވި އެކްސްކޯގެ ތެރޭގައި ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު ނުތިބޭނެ ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އާއިލާގެ ބައެއް މެމްބަރުން ލީޑަރޝިޕްގެ މަގާމުތަކުގައި ތިއްބެވި ނަމަވެސް ޕާޓީގެ ޒައީމު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނެވި މަގާމަކީ ސީދާ ޕާޓީ ހިންގެވުން ނޫން ކަމަށެވެ. ފާރިސް ވިދާޅުވީ ޕާޓީން އަބަދުވެސް އަމަލުތައް ހުންނަ ގޮތާއި އުސޫލުތައް ހުންނަ ގޮތް ދައްކަމުން އަންނަ ކަމަށާއި އިންތިޚާބަށް ހުޅުވާލިއިރު ޕާޓީގެ ހަރަކާތްތަކާއި މައުލޫމާތު ދިނުން މަދުވެފައިވާތީ އިންތިޚާބަށް ކުރިމަތިލި މީހުންގެ އަދަދު މަދު ކަމަށެވެ.

ފާރިސް ވިދާޅުވީ މަސައްކަތް ރޭވިފައި އޮތް ގޮތުން މިހާރު ޕާޓީގެ ކަންކަމުގައި ހަރަކާތްތެރިވާނީ މިހާރުގެ ލީޑަރޝިޕުން ކަމަށެވެ. އަދި މަގުން ކައްސާލައިގެން ދާ ހިނދު ނޫނީ ލަފަޔެއް ބޭނުންވާ ހިނދު ޕާޓީގެ ޒަޢީމު ހުންނަވާނެ ކަމަށެވެ. ޕާޓީ ހިންގުމުގައި އަދި ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ދެން ހަރަކާތްތެރިވާނީ މި އައު ލީޑަރޝިޕުން ކަމަށް ފާރިސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް އިތުރަށް ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ޕާޓީގެ އުސޫލުތައް ދޫނުކުރާނެ ކަމަށެވެ. ފާރިސް ވިދާޅުވީ ޕާޓީގެ އުސޫލުތައް ދޫނުކުރައްވާނެ ކަމަށާއި ގާތް މީހަކަށް މަންފާ ހޯދުމަށް ވެސް ޕާޓީގެ އުސޫލުތައް ބަދަލުނުކުރައްވާނެ ކަމަށެވެ. ކުށެއް ކުރިޔަސް ގާނޫނުގެ އަތް ނުފޯރާ ބައެއް އެބަތިބިކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި ޕާޓީން ބޭނުންވަނީ މިކަންތައްތައް ނައްތާލުމަށް ކަމަށް ފާރިސް ވިދާޅުވިއެވެ.

މި މަސައްކަތުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ޓެކްނިކަލް ލެވަލްގައި ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ ޕޮލިޓިކަލް ކަލްޗަރ ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެމްއާރްއެމްއިން ސާބިތުކަމާއެކު އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕާޓީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ފާރިސް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ކަންތައްތައް ކޮވިޑުގެ ސަބަބުން ލަސްވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާރު ޕާޓީގެ އައު ލީޑަރޝިޕް އުފެދި، ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ޕާޓީން ސިޔާސަތުތައް ކަނޑައަޅާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި, ރައްޔިތުންނާ ހަމައަށް ޕާޓީގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގައުމުގެ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށާއި އެ އުސޫލުގެ ދަށުން އެމްއާރްއެމްގެ 50 އިންސައްތަ ހިއްސާވާނީ އަންހެނުންކަމަށް އެޕާޓީން ބުންޏެވެ. އަދި އެކްސްކޯގެ 30 އިންސައްތަ އަކީ ޒުވާނުން ކަމަށް ކަނޑައަޅާފައިވާ ކަމަށާއި, ޕާޓީން ޒުވާނުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ކައިރިއިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ޕާޓީން ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ބަސް ހިމަނައިގެން ނިންމުންތައް ނިންމާނެ ކަމަށާއި ޕާޓީން ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ހަރަކާތްތައް ހިންގައި, މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
24 މެއި 2023

އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް

24 މެއި 2023
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
24 މެއި 2023

3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި

24 މެއި 2023
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް