Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ގައުމީ ދުވަސް

"ޣާޒީންގެ ފިޔަވަޅުފުޅުތަކުން އިބްރަތްތަކެއްވެސް ހޯދަމުން، މާޒީގެ އަބްޠާލުން އެއިރު ދެެއްކެވި މަގުން ކުރިޔަށް ދަމާ"

ގައުމީ ދުވަހަކީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް

ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 19:02
ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތް ކުރެވެނީ ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދުން ނަސްރު ލިބުނު ދުވަހަށް

ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތް ކުރެވެނީ ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދުން ނަސްރު ލިބުނު ދުވަހަށް

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހެވެ. ދިވެހިވަންތަ ކަމުގެ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމާއި އެތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދަށެވެ. ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ދިވެހީން 15 އަހަރުގެ ދިގު މުއްދަތެެއް ހޭދަކޮށްފައިވަނިކޮށް އެ އަނިޔާވެރިކަމާއި އެ އަޅުވެތިކަމުގެ ބިރުވެރި ކަސްތޮޅުތަކުން އުތީމު ބޮޑު ތަކުރުފާނު ދިވެހީންނާއި ދިވެހިރާއްޖެ މިންޖުކޮށްދެއްވައި ދިވެހީންނަށް ނަސްރާއި ނަސީބު ހޯއްދަވައި ދެއްވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ރެއެވެ. އެއީ މީލާދީ ގޮތުން 1573 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ރެއެވެ. އެ ހާދިސާއަށް ހިޖުރީގޮތުން މިފުރުނީ 462 އަހަރެވެ. މީލާދީގޮތުން 448 އަހަރެވެ.

އުތީމު ބޮޑު ތަކުރުފާނުގެ މަސައްކަތްޕުޅުން ހަމައެކަނި އަނދިރިއަނދިރިން މަރުވެ ޕޯޗުގީޒުންގެ ވަހާއި ކުލަ މިފަސްގަނޑުން ފުހެވި ދިޔައީއެއް ނޫނެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނިކޮށް އެ އަތުލައި ދެއްވީއެވެ. މިރާއްޖޭގެ ގައުމިއްޔަތުގެ އެންމެ އަލިގަދަ ބައްތި ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ހުޅުކޮޅު ކަނިވެ ނިވެމުންދަނިކޮށް އެއަށް އިތުރު އަލިކަމެއް ގެނެސްދެއްވީއެވެ. ދައުލަތެއްގައި ހުރުން ލާޒިމުވާ ގައުމިއްޔަތުގެ އެނޫންވެސް ސިފަސިފަ އަލުން ގެނެސްދެއްވީއެވެ. މުޅި ދައުލަތް އަލުން ބަލުން އިންތިޒާމް ކުރެއްވީއެވެ. ދައުލަތެކޭ ބުނެވޭ ފެންވަރަށް އެ ދައުލަތުގެ އެންމެހައި ކަންކަން ތަރުތީބު ކުރައްވައި އިންތިޒާމު ކުރެއްވީއެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ދަސްކޮށްދެއްވީއެވެ.

ގައުމު ދިފާއު ކުރެވޭނޭ މަގުން ލަޝްކަރުތަކެއް ގާއިމުކުރައްވައި އެއީ ދައުލަތުން އުޖޫރަދެއްވާ އަދި ޝަރަފުވެރިކަންވެސް ދެއްވާ ބަޔަކަށް އެންމެ ފުރަތަމަ ހެއްދެވީ އުތީމު ބޮޑު ތަކުރުފާނެވެ. ދައުލަތް ހިންގުމުގެ ކަންކަމުގެ އިދާރީ އޮނިގަނޑެއް އެކުލަވާލައްވައި އެކި ޒިންމާތަކާއި ހަވާލުކުރެވޭ މީހުންނަށް ދައުލަތުގެ ފަރާތުން އުޖޫރައެއް އެންމެ ފުރަތަމަ ހަމަޖެއްސެވީ ވެސް އެތަކުރުފާނެވެ. ރާއްޖޭގައި އަމިއްލަ ފައިސާއެއް އެންމެ ފުރަތަމަ ހިންގަވާން ފެއްޓެވިއެވެ. ދިވެހި ގައުމިއްޔަތުގެ ދެވަނައަށް އެންމެ އިސް ތަނބު ކަމަށްވާ ދިވެހިބަސް ލިޔުމުގެ ފަސޭހަ އުސޫލުތަކެއް ތައާރަފު ކުރައްވައި އެ އުސޫލުތަކުގައި ހިފެހެއްޓެވިއެވެ. ތައުލީމުގެ އަލިކަން މުޅިން ކަހަލަ ގޮތަކަށް ފަނޑުވެފައި ވަނިކޮށް ވާދޫ ދަންނަކަލޭގެފާނު މެދުވެރި ކުރައްވައި ތައުލީމު ފެތުރުއްވުމުގެ ކަންކަން ތަނަވަސް ކޮށްދެއްވިއެވެ.

ދީނީ ރޫހު ފަނޑުވެ ނިކަމެތިވެ މީސްތަކުން މިސްކިތްތަކާ ދުރުވެގެން ތިއްބައި އެކަން ބަދަލު ކުރެއްވުމަށް މާލެ އާއި އަތޮޅުތަކުގައި އެތައް އެތައް މިސްކިތެއް ބިނާ ކުރެއްވިއެވެ. ޖުމްލަ ގޮތެއްގައި އެ ތަކުރުފާނުގެ ބާރަ އަހަރުގެ ރަސްކަމުގެ ދައުރަކީ ހުރިހައި ގޮތަކުންވެސް ގައުމިއްޔަތެއް ބިނާކޮށް އާރާސްތުކުރުމުގެ ދައުރެކެވެ. ދިވެހި ގައުމިއްޔަތުގެ ބިންގާ އެޅުނު ދައުރެވެ. ދިވެހިރާއްޖޭގެ ގައުމީ ދުވަސް އެތަކުރުފާނާއި އެތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދަށް ނިސްބަތް ކުރެވުމުގެ ހަގީގީ ސިއްރަކީ މިއީއެވެ. މިފަދަ ދުވަހެއްގައި އެންމެ މުހިއްމު އެއް ކަމަކީ އެޖިހާދުގެ ޒިކުރާ އައުކޮށް ބޮޑު ތަކުރުފާނުގެ ހަޔާތުން ފިލާވަޅު ލިބިގަތުމެވެ. ގައުމުދެކެ ލޯބިވާން ދަސްކުރުމެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވެ ދިވެހިވަންތަކަން ކުރިއަށް ނެރެން ބާރުއެޅުމެވެ.

މިރާއްޖޭގައި އިހު މިބާވަތުގެ ދުވަސް ދުވަސް ފާހަގަ ކުރުމެއް ނޯވެއެވެ. ދުވަސްތައް ފާހަގަ ކުރުމުގެ ފޯވައްސެއް އައީ ގައުމިއްޔަތު ދިރުވައި ތާޒާކުރުމުގެ އައު ފަތިހަކަށް މީގެ 79 އަހަރު ކުރިން އަލި ވިލުނު ހިސާބުންނެވެ. ގައުމީ ދުވަހުގެ ނަމުގައި އެންމެ ފުރަތަމަ ދުވަހެއް ފާހަގަ ކުރެވުނީ މުހައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު 1 ރަބީއުލްއައްވަލު 1365ގައެވެ. އެއީ މީލާދީން 1946 ވަނަ އަހަރެވެ. އެ ދައުރުގައި މުޅިއެކު 8 އަހަރު ގައުމީ ދުވަސް ފާހަގަކޮށްފައި އަމީނުގެ ވެރިކަންވެސް ނިމުމާއެކު 1372 ގަައި އެކަން އޮތީ ހުއްޓިފައެވެ. ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އަލުން ގައުމީ ދުވަސް ފާހަގަކުރަން ފެށުނީ ރައީސް މައުމޫނުގެ ދައުރުގެ ކުރީކޮޅުގައެވެ. އެހިސާބުން މިއަދާ ހަމަޔަށްވެސް ކޮންމެ ރަބީއުލްއައްވަލު މަހެއްގެ ފުރަތަމަ ދުވަހު ދިވެހީންގެ ގައުމީ ދުވަސް މިއަންނަނީ ފާހަގަ ކުރަމުންނެވެ.

ގައުމީ ދުވަސް އެ ބަތޮލަކަށް ނިސްބަތްކުރެވޭ އުތީމު ބޮޑު ތަކުރުފާނު އަވަހާރަވީ އެރަދުންގެ ރަސްކަމުގެ 12 ވަނަ އަހަރު މާލޭގައެވެ. ދުވަހަކީ ހިޖްރީގޮތުން 993 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. މީލާދީގޮތުން 15 އޮގަސްޓް 1585 ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ރަށްދެބައިމަގުގެ އުތުރުކޮޅުގައި އެހެރަ ބިހުރޯޒު މިސްކިތުގެ ހަރިންމަ ތެރޭގައިވާ ޒިޔާރަތެއްގަައެވެ. އެ ޒިޔާރަތް މިއަދު އެފެންނަ ފަރުމާޔަށް ބަދަލުކުރައްވައި އައު ކުރެއްވީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގެ ދުވަސްވަރު އެރަދުންނެވެ. ހިރިގައު ގެންނެވީ މާލެއަތޮޅާއި އަރިއަތޮޅުގެ ފަރުފަރާއި ފަޅުފަޅުންނެވެ. ވަޑާމުގެ މޭސްތިރިންނަކީ އަރިއަތޮޅު މާމިގިއްޔާއި ފެންފުށީގެ ތަޖުރިބާކާރުންނެވެ. އެޒިޔާރަތަކީ އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ހައިބަތު އެކުލެވޭ ޒިޔާރަތެކެވެ.

ްަގައުމީ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

16 ސެޕްޓެމްބަރު 2023
ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

ގައުމީ ދުވަހާއި ގުޅިގެން މަނަދޫގައި ޕެރޭޑު ބާއްވައިފި

01 އޮކްޓޯބަރު 2022
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނ. ވެލިދޫގައި ޕެރޭޑު ބާއްވައިފި

30 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު