Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއާރުއެމް

ސިޔާސީ މަގުސަދު ހާސިލްކުރުމަށް، ޕާޓީގެ އުސޫލުތައް ދޫނުކުރާނެ: ފާރިސް

ރާއްޖޭގައި މިހާރު އުފެދިފައިވާ ޕޮލިޓިކަލް ކަލްޗަރ ބަދަލު ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 14:37
އެމްއާރްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސިޔާސީ މަގުސަދު ހާސިލްކުރުމަށް ޕާޓީގެ އުސޫލުތައް ދޫނުކުރާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ޕާޓީގެ އުސޫލުތައް ދޫނުކުރައްވާނެ ކަމަށާއި ގާތް މީހަކަށް މަންފާ ހޯދުމަށް ވެސް ޕާޓީގެ އުސޫލުތައް ބަދަލުނުކުރައްވާނެ ކަމަށެވެ. ކުށެއް ކުރިޔަސް ގާނޫނު އަތް ނުފޯރާ ބައެއް އެބަތިބިކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި ޕާޓީން ބޭނުންވަނީ މިކަންތައްތައް ނައްތާލުމަށް ކަމަށް ފާރިސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަސައްކަތުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ޓެކްނިކަލް ލެވަލްގައި ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ ޕޮލިޓިކަލް ކަލްޗަރ ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެމްއާރްއެމްއިން ސާބިތުކަމާއެކު އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕާޓީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ފާރިސް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ކަންތައްތައް ކޮވިޑުގެ ސަބަބުން ލަސްވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާރު ޕާޓީގެ އައު ލީޑަރޝިޕް އުފެދި، ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ޕާޓީން ސިޔާސަތުތައް ކަނޑައަޅާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި, ރައްޔިތުންނާ ހަމައަށް ޕާޓީގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގައުމުގެ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށާއި އެ އުސޫލުގެ ދަށުން އެމްއާރްއެމްގެ 50 އިންސައްތަ ހިއްސާވާނީ އަންހެނުންކަމަށް އެޕާޓީން ބުންޏެވެ. އަދި އެކްސްކޯގެ 30 އިންސައްތަ އަކީ ޒުވާނުން ކަމަށް ކަނޑައަޅާފައިވާ ކަމަށާއި, ޕާޓީން ޒުވާނުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ކައިރިއިން މަސައްކަތް ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ޕާޓީން ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ބަސް ހިމަނައިގެން ނިންމުންތައް ނިންމާނެ ކަމަށާއި ޕާޓީން ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ހަރަކާތްތައް ހިންގައި, މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

ޕާޓީގެ ޒަޢީމު, ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވީ ކީއްވެގެންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ މަސައްކަތް ރޭވިފައި އޮތް ގޮތުން މިހާރު ޕާޓީގެ ކަންކަމުގައި ހަރަކާތްތެރިވާނީ މިހާރުގެ ލީޑަރޝިޕުން ކަމަށެވެ. އަދި މަގުން ކައްސާލައިގެން ދާ ހިނދު ނޫނީ ލަފަޔެއް ބޭނުންވާ ހިނދު ޕާޓީގެ ޒަޢީމު ހުންނަވާނެ ކަމަށެވެ. ޕާޓީ ހިންގުމުގައި އަދި ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ދެން ހަރަކާތްތެރިވާނީ މި އައު ލީޑަރޝިޕުން ކަމަށް ފާރިސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނެޝަނަލް ކޮންވެންޝަންގައި ޕާޓީގެ އަސާސީ ގަވާއިދާއި, ޕާޓީ ހިންގުމަށް ބޭނުންވާ ގަވާއިދުތައް ފާސްކޮށްފައިވެއެވެ.

ލީޑަރޝިޕް އިންތިޚާބު ކުރިއަށް ގެންގޮސްފައިވާއިރު، ޒަޢީމަކަށް ކުރީގެ ރައީސް މައުމޫން, ޕާޓީގެ ނާއިބުރައީސަކަށް ސަޒައިލް ސިޔާމް، ނާއިބުރައީސްގެ މަގާމުގެ އަންހެނުންގެ ޚާއްސަ ގޮނޑިއަށް އައިމިނަތު ނާދިރާ އިންތިޚާބު ކޮށްފައިވެއެވެ. އަންހެނުންގެ ކައުންސިލްގެ ރައީސަކަށް އާރިޒާ ރަޝީދު، ޒުވާނުންގެ ކައުންސިލްގެ ރައީސަކަށް އިބްރާހިމް ފަރުހާދު އިންތިޚާބު ކޮށްފައިވެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުން އިންތިޚާބު ކޮށްފައިވެއެވެ. މީގެ އިތުރުން އެގްޒެކެވި ކޮމިޓީއަށް ޒުވާނުންގެ ކައުންސިލް ތަމްސީލު ކުރާ 10 މެމްބަރުން އިންތިޚާބު ކޮށްފައިވެއެވެ. އެއީ އަންހެން 5 މެމްބަރުންނާއި ފިރިހެން 5 މެމްބަރުންނެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު