Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން ޕްރޮގްރާމް

ހޯމަ ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 90 މީހުން

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 392،681ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޮކްޓޯބަރު 2021 | އަންގާރަ 17:29
ކޮވިޑް-19 ވެކްސިން ޖެހުން

ކޮވިޑް-19 ވެކްސިން ޖެހުން

ހޯމަ ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 90 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 54 މީހުންނާއި އަތޮޅުތަކުން 36 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 392،681ށް އަރާފައެވެ.

Advertisement - newsAdvertisement

ދެވަނަ ޑޯޒް ޖަހާފައިވަނީ 938 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 315 މީހުންނާއި އަތޮޅުތަކުން 623 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 324،337ށް އަރާފައެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާޢުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މީގެ އިތުރުން ވެކްސިން ޖެހުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ ދުނިޔެ ބަލައިގަންނާނެ ގޮތަށް ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު ތައާރަފު ކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖޭގެ ކޮވިޑްސޭފް ޕޯޓަލްއެވެ. ކޮވިޑްސޭފްއިން 4 ހާލަތެއް ޑިޖިޓަލްކޮށް ކަށަވަރު ކޮށްދެއެވެ. އެއީ އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިން ޑޯޒާއި އެމީހެއްގެ ކޮވިޑް-19ގެ ސިއްހީ ހާލަތާއި ކަރަންޓީނުގެ ހާލަތު އަދި އެންމެފަހުން އެމީހަކު ހަދާފައިވާ ޕީސީއާރު ޓެސްޓްތަކުގެ ނަތީޖާއެވެ.

މީގެއިތުރުން ބޫސްޓަރ ޑޯޒެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު