Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް

ދުނިޔޭގެ މުބާރާތުން އަޒްނީން އާއި ހިމްޔާނަށް ލޯ މެޑަލް

ހިމްޔާން ލޯ މެޑަލް ހޯދީ އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އޮކްޓޯބަރު 2021 | އަންގާރަ 15:49
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި އަޒްނީން ރަޝީދާއި ހުސެއިން ހިމްޔާން

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ލޯ މެޑަލް ހޯދި އަޒްނީން ރަޝީދާއި ހުސެއިން ހިމްޔާން

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދާ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ރާއްޖޭގެ އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާން ލޯ މެޑަލް ހޯދައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން އަންނަނީ ވާދަކުރަމުންނެވެ. އެއީ އަޒްނީން އާއި ހިމްޔާނުގެ އިތުރުން މުޙައްމަދު މޫސާ އާއި، މުޙައްމަދު ރަޝީދާއި، ފަތުހުﷲ މުޙައްމަދު އަދި އިބްރާހީމް ނަބީލެވެ.

މި މުބާރާތުން އަޒްނީން ލޯ މެޑަލް ހޯދާފައިވަނީ މެންސް ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިންނެވެ. މި ފަހަރުގެ މުބާރާތުން އަޒްނީން ލޯ މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައިވެސް އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ހިމްޔާން ލޯ މެޑަލް ހޯދީ މެންސް އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިންގައި ވާދަކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތާކުން ހިމްޔާން ހޯދި ފުރަތަމަ މެޑެއްޔެވެ.

އަންގާރަ ދުވަހު އަޒްނީން އާއި ހިމްޔާން ހޯދި ދެ ލޯ މެޑެއްޔާއެކު، މި ފަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖޭން ވަނީ ޖުމްލަ ހަތަރު މެޑަލް ހޯދާފައެވެ. އެގޮތުން ހޯމަ ދުވަހު ރާއްޖޭގެ މުޙައްމަދު މޫސާ ވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑެއްޔެއް ހޯދާފައެވެ. އަދި މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މުޙައްމަދު ރަޝީދު ވަނީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ރިހި މެޑެއްޔެއް ހޯދާފައެވެ.

މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ. މި ޓީމުގެ ކޯޗަކީ އަބްދުލް ހަސީބު ހުސެއިންއެވެ. އަދި ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ބޮޑީބިލްޑިން ފެޑެރޭޝަން (ބީބީއޭއެމް) ނައިބު ރައީސް އަޙްމަދު އައިމަނެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
25 މާރިޗު 2023

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!

25 މާރިޗު 2023
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!
18 ޑިސެމްބަރު 2022

ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް

18 ޑިސެމްބަރު 2022
ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް
12 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް

12 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު