Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގައި އެމްބާގޭގެ ކުރިމަގު

އެއްބަސްވުން އާކުރުމުގެ ވިސްނުމެއް ނެތް: އެމްބާޕޭ

އެމްބާޕޭ ގަތުމަށް ރެއާލުން މީގެ ކުރިން ތިން ފަހަރު ބިޑުކުރި

އަތޫފް އާތިފް
އަތޫފް އާތިފް | 5 އޮކްޓޯބަރު 2021 | އަންގާރަ 14:23
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ ނުވަ މަހެވެ. ނިމިދިޔަ ޓްރާންސްފަރ މާކެޓުގައި ސްޕެއިންގެ ގަދަ ބާރު ރެއާލުން ވަނީ އެމްބާޕޭ ގަތުމަށް ތިން ބިޑެއް ކޮށްފައެވެ. އެކަމަކު ޕީއެސްޖީން ވަނީ އެ ތިން ބިޑުވެސް އަނބުރާ ފޮނުވާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ މަހު އެމްބާޕޭ ރެއާލާއެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރާނެއެވެ. އެއީ ޖުލައި އެއްވަނަ ދުވަހު އެޓީމާ ގުޅޭ ގޮތަށެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ގަތުމަށް ރެއާލުން އެންމެ ފުރަތަމަ ހުށަހެޅީ 160 މިލިޔަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ބޯނަހާއެކު ޖުމްލަ 180 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހެޅިއިރު، މިއީ ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރަން މޮނާކޯއަށް ދެއްކި އަދަދާ ދާދި އެއް އަދަދެކެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި އެމްބާޕޭ ބުނީ އޭނާ ފުރަތަމަ ބޭނުންވީ ހިލޭ ޓްރާންސްފަރ އެއްގައި ކްލަބް ދޫކޮށްލަން ޖެހޭގޮތްނުވެ އޭގެ ކުރިން ޓީމުން ދިޔުމަށް ކަމަށެވެ. އަދި ޕީއެސްޖީއަށް އޭނާގެ ނިންމުން ސާފުވާނެ ކަމަށް އެމްބާޕޭ ބުންޏެވެ. އެމްބާޕޭ ބުނީ އޭނާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ޖުލައި މަސް ނިމުމުގެ ކުރިން އެޓީމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެއީ އޭނާ ޕީއެސްޖީ ދޫކޮށްދާއިރު، އެޓީމަށް ކޮލެޓީ ރަނގަޅު ކުޅުންތެރިއެއް ގަތުމަށް ފައިސާ ލިބޭނީ އެގޮތަށް ކަމަށްވާތީ ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ ޕީއެސްޖީ ދޫކޮށް އޭނާ އެހެން ޓީމަކަށް ބަދަލުވާނަމަ އެ ޓީމަކަށްވާނީ ރެއާލް މެޑްރިޑް ކަމަށެވެ. މީގެ ކުރިން ވެސް އެމްބާޕޭ ވަނީ ރެއާލަށް ކުޅެން ބޭނުންވާކަމަށް ބުނެފައެވެ.

އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 182 މެޗުން 136 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.  

ކީލިއަން އެމްބާޕޭޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
17 ސެޕްޓެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު