Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޙުކުމުގެ އިސްތިއުނާފު

ޔާމީން ފަނޑިޔާރުންނަށް: ނިޔާގެ މުގުރު ނަންގަވާއިރު ވިސްނަވާ، ދައުލަތުން އަދުލުގެ ނިޒާމަށް އަތް ބާނާ

5 އޮކްޓޯބަރު 2021 | އަންގާރަ 06:37

ޔާމީނު ވަނީ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުންތަކުގައި ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޮކްޓޯބަރު 2021 | އަންގާރަ 06:37
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދޭ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދޭ

ދައުލަތުގެ ފަރާތުން އަދުލުގެ ނިޒާމަށް އަތްބާނާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ރައީސް ޔާމީނު އެ ކަންބޮޑުވުން ފާޅު ކުރައްވާފައިވަނީ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން ކުރިއަށްދިޔަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީނު ވަނީ ފަނޑިޔާރުން "ނިޔާގެ މުގުރު ނަންގަވާއިރު" ވިސްނާވަޑައިގަންނަވަން ޖެހޭ ކަންކަން ހުރިކަމަށް ވިދާޅުވެ، މީގެ ކުރިން ޝަރީއަތުގެ އަޑުއެހުންތަކުގައި ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޖަލު ޙުކުމް ތަންފީޒު ކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީނު ވަނީ އެމަނިކުފާނުގެ ޝުއޫރުތައް އަޑުއައްސަވާލެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ތަހުގީގު މަރުޙަލާގައި ވޮޑަމުލާއާ ގުޅޭ ސުވާލެއް ކޮށްފައި ނުވާ ކަމަށާއި، އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅިގެން ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ރައީސް ޔާމީނު ވަނީ ތަކުރާރު ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނުގެ ޙައްޤުތަކެއް ގެއްލިފައިވާ ކަމަށާއި، އެމަނިކުފާނު ފްރޭމް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފްރޭމް ކުރުން ފެށިފައިވަނީ ކްރިމިނަލް ކޯޓުގެ މަރުޙަލާއިން ފެށިގެންކަން ވެސް ރައީސް ޔާމީނު ފާހަގަކުރެއްވިއެވެ. ޔާމީނު ވަނީ މި މުޅި މައްސަލަ "މަކުނު ވާ ފުރާފައި" އޮތްކަމަށް ސިފަ ކުރައްވައި، އެ ވާތައް ސާފު ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެކަންކަން ސާފުވާން ޖެހޭކަން ބަޔާން ކުރައްވާފައެވެ. އަދި ދައުލަތުން އަދުލުގެ ނިޒާމަށް އަތް ބާނާކަމަށް ރައީސް ޔާމީނު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް އެމަނިކުފާނުގެ ޝުއޫރު އަޑުއެއްސެވުމަށް އެދިވަޑައިގެންފައިވާތީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ފަނޑިޔާރުން ގޮތް ނިންމަވާއިރު ޝުއޫރާއި ޖަޒުބާތަކަށް ނުބައްލަވާނެ ކަމަށެވެ. އަދި ބައްލަވާނީ ޤާނޫނީ ނުކުތާތަކަށް ކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނު މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީނު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެން ފައިސާއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދައުލަތުން ހުށަހެޅި އެއްވެސް ލިއެކިއުމެއްގައި އެމަނިކުފާނު އެ ފައިސާ ހޯދުމަށް އެސްއޯއެފްގައި އެދިފައިވާކަމަށް ފެންނަން ނޯންނާނެކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއްވެސް އިރަކު އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އެދިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އަދީބު ގާތުގައި އެދިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާ އަނބުރާ ދެއްވުމަށްކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތަށް އަދީބު ގާތުގައި އެދިވަޑައިގަތީ ވެސް ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގައި އަދީބުގެ ބަައިވެރިވުން އޮތްކަމަށް އެނގިވަޑައިގަތް ހިސާބުންކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅުއްވާފައެވެ.

ރައީސް ޔާމީންޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް