Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ދެ ރިހި މެޑަލް

މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ބައިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 15:03
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރިހި މެޑަލް ހޯދި މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދު

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރިހި މެޑަލް ހޯދި މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދު

އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދާ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ރާއްޖޭގެ މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން އަންނަނީ ވާދަކުރަމުންނެވެ. އެއީ މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދުގެ އިތުރުން، އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާނާއި، ފަތުހުﷲ މުޙައްމަދު އަދި އިބްރާހީމް ނަބީލެވެ.

މި މުބާރާތުން މުޙައްމަދު މޫސާ ރިހި މެޑަލް ހޯދާފައިވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. މި ފަހަރުގެ މުބާރާތުން މުޙައްމަދު މޫސާ ރިހި މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑެއްޔެއް ހޯދާފައެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތާކުން މުޙައްމަދު ރަޝީދު ހޯދި ފުރަތަމަ މެޑެއްޔެވެ.

ޓަޝްކެންޓުގައި ހުންނަވާ "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ބޮޑީބިލްޑިިން ފެޑެރޭޝަން (ބީބީއޭއެމް) ގެ ރައީސް އިބްރާހީމް ހަމީދު (އިއްބެ) ވިދާޅުވީ މިއީ ކުޑަ ދުވަސްކޮޅެއްގެ ތަމްރީނުތަކަށްފަހު ލިބުނު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީ ހޯދުމަށް އެތުލީޓުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ކާމިޔާބީއަށް ވާސިލުވުމުން ސަރުކާރާއި ކުޅިވަރާ ބެހޭ ވުޒާރާއިން ވެ ދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އިއްބެ އިތުރަށް ވިދާޅުވީ މި ފަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ލިބުނު ކާމިޔާބީތަކާއެކު، ބޮޑީބިލްޑިންގެ މުސްތަގުބަލު އުޖާލާވެއްޖެ ކަމަށާއި، އަދި މިއީ ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ކާމިޔާބީތައް ހޯދަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އެހެންކަމުން ގަދައަޅައި، ރަން ވަނަތައް ހޯދުމަށް އެތުލީޓުން މަސައްކަތްކުރާނެ ކަމަށްވެސް އިއްބެ ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު