Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެނޭޓުން ޓްރަމްޕްއާ ސުވާލުކުރު

ނިއުކްލިއަ ހަމަލާ ދިނުމަށް ރައީސް ޓްރަމްޕްއަށް އޮންނަ އިޚްތިޔާރާ ބެހޭގޮތުން ސެނޭޓުން ސުވާލުކޮށްފި

މި މައްސަލައިގައި އެންމެ ފަހުން ކޮންގްރެސްގައި ބަހުސްކޮށްފައިވަނީ 1976 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ނޮވެމްބަރު 2017 | ބުދަ 18:58
ރައީސް ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ އުތުރު ކޮރެއާއަށް ހަމަލާ ދެއްވަފާނެ ކަމުގެ އިންޒާރުދެއްވަމުން

ރައީސް ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ އުތުރު ކޮރެއާއަށް ހަމަލާ ދެއްވަފާނެ ކަމުގެ އިންޒާރުދެއްވަމުން

ވޭތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ކޮންގްރެސްއަށް ހާޒިރުކޮށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އޮންނަ ހުއްދައާ ބެހޭގޮތުން ސުވާލުކޮށްފިއެވެ.

ސެނޭޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އަޑުއެހުމަށް ދީފައިވާ ނަމަކީ "ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް އަމުރު ކުރުމުގެ ހުއްދަ" އެވެ.

ސެނޭޓްގެ ބައެއް މެމްބަރުންވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ބާރު ޒިންމާ ދާރުކަމެއްނެތި ބޭނުންކުރައްވަފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ބައެއް މެމްބަރުންވަނީ ގާނޫނީ ވަކީލުން މެދުވެރިކުރުމެއް ނެތި އެ ބާރު ބޭނުންކުރެއްވުމުގެ އިޚްތިޔާރު އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ކޮންގްރެސްގައި ބަހުސްކޮށްފައިވަނީ 1976 ވަނަ އަހަރުގެ މާޗް މަހުއެވެ.

އޯގަސްޓް މަހު ރައީސް ޓްރަމްޕްވަނީ އުތުރު ކޮރެއާއިން އެޓޮމިކް ހަތިޔާރު އުފެއްދުން ކުރިޔަށް ގެންދާނަމަ ދުނިޔެ މީގެ ކުރިން ދެކެފައި ނުވާފަދަ ވަރުގަދަ ހަމަލާއެއް ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ،ސެނޭޓް ކޮމިޓީގެ ޗެއަރމަން ސެނޭޓަރ ބޮބް ކޯކަރ މިދިޔަ މަހުވަނީ ރައީސް ޓްރަމްޕް އެ ގައުމު ތިންވަނަ ބޮޑުހަނގުރާމައެއްގެ މަގަށް ވައްޓާލާކަމަށް ތުހުމަތު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު