Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މުސްލިމުންނާ ދެކޮޅު ހަރަކާތް

ރީ ޓްވީޓުގެ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް ޓްރަމްޕް ރައްދު ދެއްވައިފި

ޑައުނިންގް ސްޓްރީޓުން ބުނީ "ރައީސަކު ކުރައްވަން އެއީ ގޯސް ކަމެއް" ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 05:51
މޭގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައިވަނީ "ރައީސަކު ކުރައްވަން އެއީ ގޯސް ކަމެއް" ކަމަށް

މޭގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައިވަނީ "ރައީސަކު ކުރައްވަން އެއީ ގޯސް ކަމެއް" ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ރީޓްވީޓަކާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ފާޑު ވިދާޅުވުމުން، އިނގިރޭސި ވިލާތުގައި ހިނގާ "ޓެރެރިޒަމްގެ" އަމަލުތަކަށް ސަމާލުކަން ދެއްވުމަށް ގޮވާލައްވައި ބޮޑުވަޒީރު ތެރީސާ މޭއަށް ޓްރަމްޕް ރައްދު ދެއްވައިފިއެވެ.

"އަޅުގަނޑަށް ފޯކަސް ނުކުރައްވާ،ފޯކަސް ކުރައްވާ އިނގިރޭސިވިލާތުގައި ހިނގަމުންދާ ގެއްލުންދެނިވި ހައްދު ފަހަނައަޅާފައިވާ މުސްލިމް ޓެރެރިސްޓް ހަރަކާތްތަކަށް" ރައީސް ޓްރަމްޕް ޓްވީޓް ކުރައްވާފައިވެއެވެ.

މޭ އަށް ޓްރަމްޕް ފާޑުވިދާޅުވީ އިނގިރޭސި ވިލާތުގެ ކަނާތުފިޔައިގެ ގްރޫޕަކުން، ޓްވީޓްކުރި، ނަފްރަތު އުފެދޭ ފަދަ ވީޑިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރީ ޓްވީޓް ކުރެއްވުމަކީ އެމަނިކުފާނު ގޯހުން ކުރައްވާފައިވާ ކަމެއްކަމަށް އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނުމުންނެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޕޯސްޓަށް އިޝާރާތް ކުރައްވައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައިވަނީ "ރައީސަކު ކުރައްވަން އެއީ ގޯސް ކަމެއް" ކަމަށެވެ.

އިނގިރޭސިވިލާތުގެ ކަނާތުފިޔައިގެ ގްރޫޕެއްކަމަށްވާ ބްރިޓިޝް ފަސްޓްގެ ނައިބު ލީޑަރު ޖޭޑާ ފްރާންސެން ކުރެއްވި ޓްވީޓެއް ރައީސް ޓްރަމްޕްވަނީ ރީ ޓްވީޓް ކުރައްވާފައެވެ.

ޖޭޑާގެ ފުރަތަމަ ޓްވީޓްގައި، އަސާގަނޑު ހިފައިގެން ހުރި މީހަކަށް ހަމަލާދޭތަން ފެންނައިރު ޖޭޑާ ވިދާޅުވާ ގޮތުގައި އެހަމަލާ ދެނީ އިނގިރޭސިވިލާތަށް ހިޖުރަކޮށްގެން އުޅޭ މުސްލިމެކެވެ.

ބްރިޓަން ފަސްޓްއަކީ ކަނާތުފިޔައިގެ، ބްރިޓިޝް ނޭޝަނަލް ޕާޓީ(ބީއެންޕީގެ) ކުރީގެ މެމްބަރުން 2011 ވަނަ އަހަރު އުފައްދާފައިވާ ސިޔާސީ ޖަމާއަތެކެވެ.

މި ގްރޫޕުންވަނީ އިނގިރޭސިވިލާތުގައި އިސްލާމްދީން ފެތުރެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުންދާ ޓްވީޓްތަކާއެކު ސަމާލުކަން ދަމައިގެންފައެވެ.

ޔޫރަޕަށް ރެފިއުޖީން އެތެރެވުމާ ދެކޮޅު އަދި އެބޯޝަން ހެއްދުމާ ދެކޮޅު ސިޔާސަތާއެކު އެ ޖަމާއަތުން ވަނީ ޔޫރަޕްގެ އިންތިޚާބުތަކުގައި އެ ޖަމާއަތުގެ މެމްބަރުން ވާދަކުރުވާފައެވެ. ނަމަވެސް މިހާތަނަށް އަދި ގޮނޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ.

އެންމެ ފަހުން އެ ޖަމާއަތުން ވާދަކޮށްފައިވާ އިންތިޚާބަކީ ލަންޑަންގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ކަމަށްވާއިރު އެ އިންތިޚާބުގައި އެ ޖަމާއަތުގެ ކެނޑިޑޭޓަށް ލިބިފައިވަނީ 1.2 އިންސައްތަ ވޯޓެވެ.

މި އަހަރުގެ މެއިމަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ލޭބަރ ޕާޓީގެ ކެނޑިޑޭޓް ސިއްދީޤް ޚާންއެވެ.

ލަންޑަންގެ މޭޔަރަކަށް މުސްލިމު ބޭފުޅެއް ވަޑައިގެންފައިވާއިރު އޭނާ މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 56.8 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު