Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު

ޔާމިނުގެ ޝަރީއަތް: ޙުކުމް ތަންފީޒުކުރުން ފަސްކުރުން، ކަފާލާތު އަދި އައު ހެކިތަކަށް ގޮތެއް ނިންމެވުން މާދަމާ

ކަފާލާތާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާ ގުޅޭ 2 ހުށަހެޅުމެއްވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 06:33
ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

މަނީ ލޯންޑަރިން ގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ހުށަހެޅުންތަކާއި، އައު ހެކިތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ގޮތެއް ނިންމަވާނެކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ފަރާތުން ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީކަފާލާތާއިޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދޭ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ޙުކުމް ތަންފީޒު ކުރުން ފަސްކޮށްގެން ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތްކަން ޔާމީނުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެ ކަންކަމަށް ދައުލަތުން ވެސް ވަނީ ރައްދު ދެއްވާފައެވެ.

އޭގެ އިތުރުން، ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅަން ބޭނުންވާ އައު ހެކިތަކާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުން ވެސް ހޯމަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޔާމީނުގެ ފަރާތުން އައު ހެކިތަކެއްގެ ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ ވީޑިއޯ ރެކޯޑިންގ އަކާއި، ޝަފަހީ 2 ހެކިން ކަމަށްވާ މުޙައްމަދު އިސްމާއިލް އަދި މުޙައްމަދު ޝާހިދުގެ އިތުރުން، އޭސީސީގެ ކުރީގެ ނާއިބުރައީސް މުއައްވިޒު ރަޝީދުގެ އަޑުކަމަށް ބަޔާންކޮށްފައިވާ އޯޑިއޯއަކާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ ފަރާތުން ހެކިބަސް ދެއްވަން އިންކާރުކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއް ހިމެނެއެވެ.

މި ހެކިތައް ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމެވުން ވެސް އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮންނާނެކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، އެއަށްފަހު ދެފަރާތަށް ޚުލާސާ ގޮތެއްގައި ފަހު ވާހަކަތައް ދެއްކެވުމަށް ފުރުސަތު ދެއްވައި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ބުނެ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.

ހައިކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، ދަމަހައްޓާފައެވެ.

އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގައި22 ނުކުތާއެއް ހިމެނެއެވެ. އެ ނުކުތާތައް ޔާމީނުގެ ފަރާތުން ވަކީލުންގެ ޓީމުން ތަފްސީލު ކޮށްދެއްވާފައިވާއިރު، ދައުލަތުންވެސް ވަނީ ތަފްސީލީ ގޮތެއްގައި އެ ނުކުތާތަކަށް ރައްދު ދެއްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންޔާމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު