Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު

ކަފާލާތާ ގުޅިގެން ޔާމީނުގެ ފަރާތުން ނަޖީބު ރައްޒާޤުގެ މިސާލު، ޝަރީއަތުން ވިދާޅުވީ ކުއްލި ކުއްލި ސަޕްރައިޒް ނުދެއްވުމަށް

4 އޮކްޓޯބަރު 2021 | ހޯމަ 05:43

ކަރެކްޝަން ސަރވިސްއިން ވަނީ ވަގުތީގޮތުން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޮކްޓޯބަރު 2021 | ހޯމަ 05:43
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ

މަނީ ލޯންޑަރިން ގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ހުށަހެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ބޭއްވި މި އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވަނީ އެ ހުށަހެޅުންތައް ހުށަހަޅުއްވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ކަފާލާތުގެ ޙައްޤު ފެށިގެން އަންނަނީ ދިރިހުރުމުގެ ޙައްޤާ ގުޅޭ މާއްދާއިންކަން ފާހަގަ ކުރައްވައި ޔާމީނުގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ، އެ ޙައްޤުތައް ހަނިވާގޮތަށް ދައުލަތަށް ވެސް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި ކުރީގެ ބައެއް ސިޔާސީ ބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ނިންމަވާފައިވާ ބައެއް ނިންމުންތައް މިސާލެއްގެ ގޮތުން ޑރ. ޖަމީލް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިންޑިއާގެ ބައެއް ކޭސްތަކާއި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްސަލައިގައި ފަނޑިޔާރުން ނިންމަވާފައިވާ ނިންމުމަށްވެސް ޑރ. ޖަމީލް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ދިގު މުއްދަތެއްގެ ޙުކުމެއް އޮތުމަކީ ކަފާލާތު ނުދެވޭނެ ސަބަބެއް ނޫންކަން އެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ޑރ. ޖަމީލް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޝަރީއަތުން ވަނީ މިއީ "ކުއްލި ކުއްލިއަށް ސަޕްރައިޒް" އަންނަ މަރުޙަލާއެއް ނޫންކަން ފާހަގަކުރައްވައި، ހުށަހަޅުއްވާފައިވާ ބައިތަކުގެ ތަރަހައިގައި ހިފެހެއްޓުމަށް އެދިވަޑައިގަންނަވާފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމާއި، ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ. އޭގެއިތުރުން ވެސް، އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީއާއި ގައިދީންގެ ބަލި ހާލަތު ހުރިގޮތުން, ކޮވިޑުގެ ސަބަބުން ނުރައްކާތެރި ގޮތެއް މެދުވެރިވެދާނެ މީހުންނަށް ބަލައިގެން ކަރެކްޝަން ސަރވިސްއިން ވަނީ ވަގުތީގޮތުން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް