Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ދޮގު ބަޔާން ދެއްވުން

މުއިއްޒު ދޮގު ބަޔާން ދެއްވި މައްސަލަ: ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދެއްވައިފި

ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 10:27
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާތީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން:

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ މުއިއްޒުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުއްވި ހުށަހެޅުންވުންތަަކަށް ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމެވެ. އެއަށްފަހު ދައުލަތުން އެ ހުށަހެޅުއްވުންތަކަށް ރައްދު ދެއްވުމަށް ވެސް އޮތީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތު ދެއްވަން ޖެހޭނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައެޅުއްވުމަށްފަހުކަމަށް ހައިކޯޓުން އާދިއްތަ ދުވަހު ނިންމި މައްސަލައެއްގައި ވަނީ ޙުކުމެއް ނެރިފައެވެ. އެހެންކަމަށްވުމާއެކު، ދިފާއުން ވަނީ އެ ގަޒިއްޔާ ކޯޓުގެ ސަމާލުކަމަށް ގެނެސް، ހައިކޯޓުގެ އެ ނިންމުމަށް ރިއާޔަތް ކުރައްވައި، ޑރ. މުއިއްޒުގެ މައްސަލައަކީ ވެސް މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައެޅުއްވުމުގެ ބަޔަށް ފަހު، އަލުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުންވެސް ވަނީ ހައިކޯޓުން އާދިއްތަ ދުވަހު ނިންމެވި ނިންމެވުމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގެންފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއުން އެދޭގޮތަށް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ކުރިއަށް ގެންދިއުމާމެދު އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހައިކޯޓުގެ ނިންމުމާއެކު ފަރުވާއެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ގާޒީ ސޮފްވަތު ވަނީ ކަނޑައަޅުއްވާފައެވެ. ގާޒީ ސޮފްވަތު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވާފައެވެ. އަދި ދިފާއުން ބޭނުންވާނަމަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދެވިދާނެކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ދިފާއުން ވަނީ އިބްތިދާއީ މަރުޙަލާ އަލުން ފަށައިގެން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ ސޮފްވަތު ނިންމެވީ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމަވާފައެވެ. ނަމަވެސް ގާޒީ ސޮފްވަތު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ.

އެއާއެކު ދައުލަތުން ވަނީ އިތުރު ހުށަހެޅުމެއް ނެތްކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ދިފާއުން ވަނީ ހުށަހެޅުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެކަމަށްޓަކައި 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދެއްވާފައެވެ. އަދި އޮކްޓޯބަރު 26 ގެ 14:00 ގެ ކުރިން ހުށަހެޅުންތައް ހުށަހެޅުއްވުމަށް ގާޒީ ދެންނެވިއެވެ.

މައްސަލައިގެ ޚުލާސާއެއް:

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލު ކުރި މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އައު ސަރުކާރުން އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާ އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަ ލިބިގެން ނޫމަޑިއާ އެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

މި މައްސަލައާ ގުޅިގެން ޑރ މުޢިއްޒުގެ މައްޗަށް، ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ޑރ. މުހައްމަދު މުއިއްޒުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު