Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހަރުގެ ޖަލްސާ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

ޑރ.މުއިއްޒަކީ ދޮގާއި މަކަރުން ވޯޓު ހޯއްދެވި ބޭފުޅެއް، އެކަން ރައްޔިތުންނަށް މިހާރު އެނގޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 09:10
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ދެ ފަހަރު ރައްޔިތުން ޖެހިފައިވާ ކަމަށާއި، ތިން ވަނަ ފަހަރަށް ވެސް އެ ސްކޭމް ގައި ޖެއްސުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާ ގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ޑރ.މުއިއްޒަކީ ދޮގާއި މަކަރުން ވޯޓު ހޯއްދެވި ބޭފުޅެއް ކަމަށާއި، އެކަން ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ.

Advertisement - newsAdvertisement

ދެ ފަހަރެއްގެ މަތިން ދޮގާއި މަކަރުގެ ސްކޭމް ގައި ރައްޔިތުން ޖައްސާފައިވާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ތިން ވަނަ ފަހަރަށް ވެސް މި ސްކޭމް ގައި ޖައްސައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މި ސަރުކާރުން ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ މިސްކޭމް ގައި ނުޖެހުމަށް މެންބަރު އަހުމަދު ދީދީ ގޮވާލެއްވި އެވެ.

ކުރިއަށް މިއޮތީ ކައުންސިލް އިންތިޚާބު ކައުންސިލްއާ ދޭތެރޭގައި ކަންތައް ކުރިގޮތް ރައްޔިތުންނަށް އެނގޭނެ. ރައްޔިތުންގެ ބާރުވެރިކަން ކަނޑާލުމަށްޓަކައި ރައްޔިތުންގެ ރެޕްރެޒެންޓޭޓިވް އެތައް ގުނައަކުން މަދުކޮށްލައިފި. އަނެއްކާ އަނެއްކޮޅުން ގޮސް ރައްޔިތުން ބާރުވެރިކުރަންށޭ ކިޔާފައި ތިމަންނަމެންނަށް ވޯޓު ދޭށޭ. އޭރުންނޭ ރައްޔިތުން ބޭނުންވާ ގޮތަށް ރަށް ތަރައްގީ ކުރެވޭނީ ކިޔާފައި އެތައް ވާހަކައެއް އެބަ ދައްކާ. އެހެންވީމަ މި ސްކޭމްތަކަށް ރައްޔިތުން ނުހެއްލޭށޭ. މިސްކޭމް ސަރުކާރުން މިހެން ގޮސް ދައްކާ ވާހަކަތަކަށް ދެ ފަހަރު ހެއްލިއްޖެ. ތިން ވަނަ ފަހަރަށް ހެއްލިގެން ނުވާނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން އެކުއެކީ ގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ ސަރުކާރުން ހަދާ ދޮގުތަކަށް ނިމުމެއް ނާންނާނެ ކަމަށާއި، 2028 ވަނަ އަހަރު ވެސް ބޮޑެތި ދޮގުތައް ހަދައި، ސަރުކާރުން ބޭނުން ގޮތެއް ގައުމާ ރައްޔިތުންނަށް ހަދާނެ ކަަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުލޯކަލް ކައުންސިލް އިންތިހާބުއައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު