Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަނުން ޔުނައިޓެޑާ އެއްވަރުކޮށްފި

2 އޮކްޓޯބަރު 2021 | ހޮނިހިރު 13:39

ޔުނައިޓެޑާއި އެވަޓަނަށް ވަނީ 14 ޕޮއިންޓް ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އޮކްޓޯބަރު 2021 | ހޮނިހިރު 13:39
ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އެވަޓަނުން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ޔުނައިޓެޑުން ފަށާފައިވަނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ރޮނާލްޑޯ ކުޅެން އެރުވި ނަމަވެސް، މެޗުގެ 65 ވަނަ މިނެޓުގައި އެވަޓަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކައުންޓަ އެޓޭކެއްގައި ޑޮކޫރޭ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޮސް ޓައުންސެންޑެވެ. އޭގެ ފަހުން އަލުން ލީޑު ނެގުމަށް ޔުނައިޓެޑުގެ ރޮނާލްޑޯ އާއި ޕައުލް ޕޮގްބާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އަދި މި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓޮމް ޑޭވީސް ދިން ބޯޅައަކުން ޔެރީ މީނާ ވަނީ އެވަޓަނަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭނާ އޮފްސައިޑުގައި ހުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި އޮތް ޔުނައިޓެޑާއި ތިންވަނައިގައި އޮތް އެވަޓަނަށް ވަނީ ކުޅުނު ހަތް މެޗުން 14 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށްވެސް 14 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި އެ ޓީމުން މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް