Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިން ހުށަހެޅި ޕެޓިޝަން

މީޑިއާ ކައުންސިލަށް ނޫސްވެރިން ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ ބޭރުކޮށްލައިފި

2 އޮކްޓޯބަރު 2021 | ހޮނިހިރު 11:53

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމް ދޭ އުސޫލު އޮތީ ބަދަލުކޮށްފައި

އާދަމް ސައީދު
އާދަމް ސައީދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 11:53
މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑްސް

މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑްސް

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމް ދޭ އުސޫލު ބަދަލުކޮށް ބްރޯޑްކާސްޓިން ކެޓަގަރީ އާއި އޮންލައިން ކެޓަގަރީއަށް ވަކިން އެވޯޑު ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ މީޑިއާތަކުން ހުށަހެޅި ޕެޓިޝަން އަމަލު ނުކުރެވޭނެކަމަށް ބުނެ މީޑިއާ ކައުންސިލުން ބޭރުކޮއްލައިފިއެވެ.

މި ޕެޓިޝަންގައި ސޮއިކުރި މީޑިއާތަކުގެ ތެރޭގައި "ވަގުތު"، "މިހާރު"، "އަވަސް"، "ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓު" ހިމެނެއެވެ. މިފަހަރުގެ އެވޯޑަށް 10 މީޑިއާއަކުން ކުރިމަތިލި އިރު، ޕެޓިޝަންގައި ސޮއިކުރީ އޭގެ ތެރެއިން ހަތް މީޑިއާއެކެވެ.

Advertisement - newsAdvertisement

ހުށަހެޅުނު ޕެޓިޝަންގައި ބުނެފައި ވަނީ މީޑިއާ ކައުންސިލުން ދޭން ތައްޔާރުވަމުން އަންނަ ނޫސްވެރިންގެ އިނާމް ދޭ އުސޫލު ބަދަލުކޮށް އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓިން މީޑިއާތަކުން އެވޯޑަށް ހުށަހެޅި ހުށަހެޅުންތައް ފަނޑިޔާރުންގެ ދެ ޕެނަލަކުން ބަލައި ދެ ބާވަތުގެ މީޑިއާތައް އެއްކޮށްލައިގެން އެވޯޑު ދޭން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޮންލައިން ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ނޫސްވެރިކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވަކިވަކިން ދޭ އެވޯޑަކަށްވެފައި އޭގެ ޒާތުގައިވެސް މި ދެ މަސައްކަތަކީ ވަރަށް ތަފާތު ދެ ކަމަކަށްވާތީ އާއި މަސައްކަތް ކުރަން ޖެހޭ ގޮތްވެސް ވަރަށް ތަފާތު ކަމަށްވާތީ އެވޯޑުގައި އެއްއުސޫލަކަށް އިންސާފު ކުރުމަކީ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށާއި އޭގެ ސަބަބުން އެތައް ނޫސްވެރިންގެ ހައްގު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް މި ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލަ ހައްލުކޮށްފައި ނޫނީ ކުރިއަށް އޮތް އެވޯޑުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށްވެސް ވަނީ މި ޕެޓިޝަންގައި އެދިފައެވެ.

މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމް ދިނުމަށް ބާއްވާ ހަފްލާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްނޫސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
18 ނޮވެމްބަރު 2024

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް