Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްޖަކު ގެއެއްގެ ނުވަވަނަ ބުރިން ވެއްޓުން

އަންހެން ކުއްޖާ ވެއްޓުނު ހ. ފެންޓެނޯއީ ގެއަށް ނޫސްވެރިން ނުވެއްދީ ގޭގެ ވެރިފަރާތުން ބުނެގެން ކަމަށް، ފުލުހުން ބުނާ ބުނުން ގޭގެ ވެރިފަރާތުން ދޮގުކޮށްފި

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއިގެއަށް ނޫސްވެރިން ނުވައްދާނެ ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް ވަނީ އަންގާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 އެޕްރީލު 2025 | ބުރާސްފަތި 12:18
ޔުމްނާ ވެއްޓުނު ކަމަށް ބުނާ ހ.ފެންޓެނޯއީގޭގެ ސިޑިގޮޅީގެ މަންޒަރެއް - ފެންޓެނޯއީ ގެއަށް ވަނުމަށް ނޫސްވެރިންނަށް ހުއްދަ ނުދިން

ޔުމްނާ ވެއްޓުނު ކަމަށް ބުނާ ހ.ފެންޓެނޯއީގޭގެ ސިޑިގޮޅީގެ މަންޒަރެއް - ފެންޓެނޯއީ ގެއަށް ވަނުމަށް ނޫސްވެރިންނަށް ހުއްދަ ނުދިން

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަތިހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއިގެއަށް ނޫސްވެރިން ނުވައްދާނެ ކަމަށް އެ ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށް ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ގޭގެ ވެރިފަރާތުން ބުނެފި އެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ގޭގެ ވެރިފަރާތުން ވާހަކަ ދެއްކެވި ޝިމާޒް އަބްދުﷲ ރަޝީދު ވިދާޅުވީ ނޫސްވެރިން އެގެއަށް ވައްދަން، ގޭގެ ވެރިފަރާތާއި ފުލުހުން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ހަދަނީ ދޮގެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގެއަށް ނޫސްވެރިންނަށް ވަދެވޭނޭ އިންތިޒާމު ހަމަޖައްސައި ދެއްވަން މަސައްކަތް ކުރައްވާނޭ ކަމަށް ފުލުހުން ވިދާޅުވުމަށްފަހު، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހ. ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިކަމަށް ރައްދު ދެއްވާ ޝިމާޒް ވިދާޅުވީ މިކަމުގައި ފުލުހުން ދޮގު ހަދާފައިވާ ކަމަށާއި އެފަރާތަށް މިކަން އެނގުނީވެސް މީޑިއާއިން ކަމަށެވެ.

މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ގޭގެ ވެރިފަރާތުން ވިދާޅުވި ކަމަށް ފުލުހުން އެންގެވިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖު

އެ ގެއަށް ނޫސްވެރިން ވެއްދޭތޯ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަތައް ފެތުރެމުން ދާތީ އެ ފަރާތްތަށް ހަރަކާތްތެރި ވެފައިވާ ތަންތަނުގެ މަންޒަރު ނޫސްވެރިންނަށް ދައްކާލުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޔުމްނު ވެއްޓިފައި ވަނީ ހ. ފެންޓެނޯއި ގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ.

ބުރާސްފަތި ދުވަހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު ވެސް އާންމު ކޮށްފަ އެވެ. އެއީ މީގެ ކުރިން ސިއްރު ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ފުޓޭޖެވެ. ނަމަވެސް ސިއްރުން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް ދެއްކި ވީޑިއޯ ފުޓޭޖުގައި ދައްކާފައިނުވާ އިތުރު ބައެއް މަންޒަރުތައް ބުރާސްފަތި ދުވަހުގެ ދެއްކި ފުޓޭޖުންގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. ޔުމްނު އާއި ރައުދު އެ ގެއަށް ވަނުމާ ހަމައިން ކަން ހިނގަމުން ދިޔަ ގޮތް އެ ވީޑިއޯއިން ފެނެ އެވެ. އަދި ޔުމްނު ވެއްޓުމަށްފަހު އޭނާ ހޯދުމަށް ރައުދު އުޅޭ މަންޒަރު ވެސް ފުލުހުން އާންމުކުރި ވީޑިއޯ ފުޓޭޖުން ފެނެ އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ އެރޭގައި ކަންހިގައި ދިއަ ގޮތުގެ މަންޒަރުތައް ކަމަށާއި މި މައްސަލައިގައި އަދިވެސް ބަލަން ޖެހޭ ކަންކަން ހުރުމުން އެކަންކަން ބަލައި ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު