Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރައިސް ކުކަރަކާއި ކައިވެނިކުރުން

އިންޑޮނޭޝިޔާ މީހަކު ރައިސް ކުކަރާއި ކައިވެނި ކުރަންޖެހުނު 3 ސަބަބު ބުނެދީފި

ކައިވެންޏަށް ޚައިރުލް އަނަމް ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 03:31
އިންޑޮނޭޝިޔާގެ ފިރިހެނަކު ރައިސް ކުކަރަކާއި ކައިވެނިކޮށްގެން

އިންޑޮނޭޝިޔާގެ ފިރިހެނަކު ރައިސް ކުކަރަކާއި ކައިވެނިކޮށްގެން

ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިޔާގައި އެންމެ ބޮޑަށް ހިނގަމުން އައި އެއް ޚަބަރަކީ އިންޑޮނޭޝިޔާ މީހަކު ރައިސް ކުކަރަކާއި ކައިވެނިކުރި ވާހަކައެވެ. ދުނިޔޭގައި މިފަދަ ތަފާތުކަންކަން ކުރާ މީހުން އަބަދުވެސް އުޅެއެވެ. އެގޮތުން ބައެއް ފަހަރު ތަފާތު އެކި އެއްޗިއްސާ ކައިވެނިކޮށްގެން މީހުންގެ ސަމާލުކަމަށް އެކަން އާދެއެވެ. ޚަބަރުތަކުން ޖާގަ ހޯދައެވެ. މީހުންގެ މެދުގައި އެމީހަކު މަޝްހޫރުވެއެވެ.

މިފަހަރު ސޯޝަލް މީޑިޔާއިން ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާ މީހަކީ އިންޑޮނޭޝިޔާގެ ޚައިރުލް އަނަމް ކިޔާ މީހެކެވެ. އޭނާ ރައިސް ކުކަރަކާއި ކައިވެނިކުރިއިރު ކައިވެނީގެ ހެދުން ލައިގެން ހުރީ ހަމައެކަނި ޚައިރުލް އެއް ނޫނެވެ. ރައިސް ކުކަރުގައި ވަނީ ކައިވެނިކުރާއިރު އަންހެނުންގެ ބޮލުގައި އަޅާފައި އޮންނަ ވެއިލެއް އަޅުވާފައެވެ. ހުދު ކުލައިގެ ރައިސް ކުކަރަކާއި ޚައިރުލް ކައިވެނިކުރިއިރު އޭނާވެސް ހުރީ ހުދު ކުލައިގެ ޖެކެޓެއްލައިގެން ހުދު ކުލައިގެ ތާކިހަލެއް ބޮލުގައި އަޅައިގެންނެވެ.

ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ލިބިގެންދިޔަ އެއް ސަބަބަކަށް ޚައިރުލް އެހާ ބޮޑަށް މިކައިވެންޏަށް ތައްޔާރުވެފައި ހުރި ހުރުން ފާހަގަކުރެވެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. އެއީ ރައިސް ކުކަރަކާއި ކައިވެނިކުރީ ކީއްވެހެއްޔެވެ؟ ޚައިރުލް އަކީ މާގިނައިން ބަތް ކާ މީހަކީ ހެއްޔެވެ؟ ނުވަތަ ރައިސް ކުކަރަކީ ޚައިރުލް މާގަޔާވާ ގޮތަކަށް އުފައްދާފައިވާ އެއްޗަކީ ހެއްޔެވެ؟

ކޮންމެއަކަސް ޚައިރުލް ވަނީ ރައިސް ކުކަރާއި ކައިވެނި ކުރި ސަބަބު ބުނެދީފައެވެ. އެންމެ ސަބަބެއްވެސް ނޫނެވެ. ތިން ސަބަބެވެ.

ޚައިރުލް ބުނާގޮތުން ރައިސް ކުކަރާއި އޭނާ ކައިވެނި ކުރަން ބޭނުންވެ އެންމެ ފުރަތަމަ ސަބަބަކީ ރައިސް ކުކަރުން ބަތް ކެއްކޭނެތީއެވެ. ދެން އެއީ ސުވާލެއްވެސް އޮތް ކަމެއް ނޫންތާއެވެ. އެޔަށްކިޔަނީވެސް ރައިސް ކުކަރެވެ. އެ އުފެއްދި މައިގަނޑު ބޭނުމަކީ ބަތް ކެއްކުމެވެ.

ދެން އޮތީ ދެ ވަނަ ސަބަބެވެ. ދެ ވަނަ ސަބަބަކަށް ޚައިރުލް ބުނީ ރައިސް ކުކަރު ހުދު ކުލައިގައި އިނުމެވެ. ހުދު ކުލައިގައި ހުންނަނީ ރައިސް ކުކަރު އެކަންޏެއްވެސް ނޫންތާއެވެ. ދެން އެހެންނޫނަސް އިންސާނުން އެކަކު އަނެކަކާއި ކައިވެނިކުރާއިރުވެސް ހަމުގެ ކުލައަކީ މުހިންމުކަން ދޭ އެއްކަމަށް އޮންނަނީ ވެފައެވެ. އިންސާނަކު ރައިސް ކުކަރަކާއި ކައިވެނިކުރިއަސް އެސިފައަށް ބަލަނީއެވެ. ކުލައަށް ބެލުމުގައި އިންސާނުން ގެންގުޅޭ ވިސްނުން މިވަނީ އެހެން ލެވެލެއްގަތާއެވެ.

ތިން ވަނައަށް ޚައިރުލް ބުނި ސަބަބަކީ ރައިސް ކުކަރ ވާހަކަ ނުދެއްކުމެވެ. އިންސާނުން އުފައްދާފައި ހުރި އެއްޗެއް ދެން ވާހަކައެއް ނުދައްކާނެތާއެވެ.

ކޮންމެ އަކަސް ޚައިރުލް ރައިސް ކުކަރަކާއި ކައިވެނި ކުރި 3 ސަބަބު މިވަނީ ހާމަކޮށްފައެވެ. މިއީ އެއްބަޔަކަށް ވަރަށް ހެއްވާ މަޖާ ސަބަބުތަކަށް ވެދާނެއެވެ. އަނެއްބަޔަކަށް ހަމަ ރަނގަޅު ސަބަބުތަކަކަށްވެސް ވެދާނެއެވެ.

ޚައިރުލް މިވަނީ ރައިސް ކުކަރާއި ކައިވެނިކޮށްފައެވެ. ދެން އޮތީ ކޮންމެ ކައިވެންޏަކާއެކުވެސް އެންމެންވެސް އެންމެ ބޭނުންވާނެ ކަމެވެ. ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި އުޅޭށެވެ. އެހެންކަމުން ޚައިރުލް މިކައިވެންޏާ މެދު ކުރަނީ ކިހާ ފޮނި އުންމީދުތަކެއްތޯ އެއީވެސް ބަލަންޖެހޭ ކަމެކެވެ. މުޅި އުމުރު ދުވަހު ހޭދަކުރާނީ ރައިސް ކުކަރާއި އެކުގައިތޯ އެއީވެސް ބޮޑު ސުވާލެކެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރައީސް ކުކަރާއި ކައިވެނިކުރިތާ ހަތަރު ދުވަސް ފަހުން ޚައިރިލް ވަނީ ރައިސް ކުކަރ ވަރިކޮށްފައެވެ. ވަރިކުރި ސަބަބެއްކަމަށް ޚައިރުލް ބުނީ ރައިސް ކުކަރަށް ހަމައެކަނި ކުރެވޭ ކަމަކީ ބަތް ކެއްކުން އެކަނި ކަމަށެވެ. އެހެންނަމަވެސް ރައިސް ކުކަރާއި ކައިވެނި ކުރި ތިން ސަބަބުކަމަށް ޚައިރުލް ބުނި ސަބަބުތަކުގައި ތެރޭގައި ބަތް ކެއްކުން ހިމެނެއެވެ.

ޚައިރަލް ވަނީ ރައީސް ކުކަރު ވަރިކުރިކަން އެކަން އޭނާގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައެވެ. ރައިސް ކުކަރާއި ކައިވެނިކުރި ޚަބަރާއެކު ގިނަ ބަޔަކު ބުނަމުންދިޔައީ މިއީ ސޯޝަލް މީޑިޔާގެ ސްޓަންޓެއްކަމަށެވެ. އިންޑޮނޭޝިޔާގެ މީޑިޔާތައް ބަލާލުމުން ދޭހަވަނީ އެފަދަ ކަމެކެވެ. އިންޑޮނޭޝިޔާގެ މީޑިޔާތައް ބުނާގޮތުން ޚައިރަލް އަކީ މީހުން މުނިފުހިފިލުވާ ހެއްވާލުމަށްޓަކައި މިފަދަ ސްޓަންޓްތައް އާންމުކޮށްވެސް ސޯޝަލް މީޑިޔާގައި ޖައްސާ މީހެކެވެ. އެހެންކަމުން މިފަހަރު އޭނާ މިޖެއްސި ސްޓަންޓް މިވަނީ ހަމަ ހަގީގަތުގައިވެސް ވަރަށް ކާމިޔާބުވެފައެވެ.

އިންޑޮނޭޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު