Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރޮނާލްޑޯގެ ލަނޑުން ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީއަށް ނާކާމިޔާބު

29 ސެޕްޓެމްބަރު 2021 | ބުދަ 22:53

ޗެލްސީ ބަލިވީ ޔުވެންޓަސް އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ސެޕްޓެމްބަރު 2021 | ބުދަ 22:53
ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ޖެހި ލަނޑާއެކު ވިޔަރެއާލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޔުވެންޓަސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވެއްޖެއެވެ.

ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ ވިޔަރެއާލް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވިޔަރެއާލުންނެވެ. މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސޭރެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން އަލެކްސް ޓެލޭސް ޖެހި މޮޅު ލަނޑުން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޖެސޭ ލިންގާޑް ދިން ބޯޅައަކުންނެވެ.

މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު، މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 178 ވަނަ މެޗެވެ. އެއާއެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެގެން ރެއާލް މެޑްރިޑުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް މީގެ ކުރިން ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތީވެސް ރޮނާލްޑޯގެ އަތުގައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ އެޓަލާންޓާއިން ވަނީ 1-0 ގެ ނަތީޖާއަކުން ޔަންގް ބޯއީސް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެފްގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އެޓަލާންޓާއެވެ. ދެވަނައިގައި އޮތް ޔަންގް ބޯއީސް އާއި ތިންވަނައިގައި އޮތް ޔުނައިޓެޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކުޅެފައެއް ނުވެއެވެ. އަދި އަނިޔާގެ ސަބަބުން އެ ޓީމުގެ ކްރިސްޓިއަން ޕުލިސިޗާއި، މޭސަން މައުންޓް އަދި ރީސް ޖޭމްސްވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުވެންޓަސްއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން 10 ސިކުންތުގެ ތެރޭގައެވެ. ފެޑެރީކޯ ބެނާޑޭޝީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ކިއޭސާއެވެ.

މި މެޗުން ޔުވެންޓަސް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ ކުލަބު ޒެނިތުން ވަނީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މަލްމޯ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ޒެނިތަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މަލްމޯއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ޔުނައިޓެޑްޗެލްސީޔުވެންޓަސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް