Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓްރެވެލް އެޑްވައިޒަރީ

ރާއްޖެއަށް ދަތުރުނުކުރުމަށް ޔޫކޭއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އުވާލައިފި

29 ސެޕްޓެމްބަރު 2021 | ބުދަ 03:30

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ވަނީ ދާދި ފަހުން އުނިކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2021 | ބުދަ 03:30
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

ދިވެހިރާއްޖެއަށް ދަތުރުނުކުރުމަށް އިނިގރޭސިވިލާތުން އިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމުގެ އިރުޝާދެއް މިހާރު ނެތް ކަމަށާއި އެގައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ވަނީ ދާދި ފަހުން އުނިކޮށްފައެވެ. އެ ގައުމުން އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވާ ލިސްޓްގައި ރާއްޖެއާއެކު 8 ގައުމެއް ވަނީ ރެޑް ލިސްޓުން އުނިިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތުރުކީ، މިސްރު، ދިވެހިރާއްޖެ، އޮމާން، ބަނގްލަދޭޝް، ޕާކިސްތާން އަދި ކެންޔާއެވެ.

ރާއްޖެ އެ ލިސްޓުން އުނިކޮށްފައިވަނީ މި މަހުގެ 22ން ފެށިގެންނެވެ. އޮކްޓޯބަރ 4 ވަނަ ދުވަހުން ފެށިގެން އެ ގައުމުތަކުން ޔޫކޭއަށް ދާ ފަތުރުވެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާއި ގައުމަށް އެތެރެވާތާ 2 ދުވަސް ތެރޭގައި ޓެސްޓް ހެދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝަޕްސް ވަނީ ވިދާޅުވެފައެވެ. އަދި ރެޑް ލިސްޓްގަައި ނުހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުންނަށް އަމިއްލަ ގޭގައި ނުވަތަ ބޭނުންވާ ތަނެއްގައި ކަރަންޓީން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ރެޑް ލިސްޓްގައި ހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުން ކަރަންޓީންވާން ޖެހޭނީ، ޔޫކޭގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައެވެ.

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ އެ ލިސްޓުގައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. ޔޫކޭ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމާއެކު ފަތުރުވެރިންގެ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ރަނގަޅުވެ، ރާއްޖޭގެ އިޤްތިޞާދު ވެސް ރަނގަޅުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކުރެއެވެ. އަދި ސަރުކާރުގެ އަމާޒާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އެމްއެމްއޭއިން ބުނަމުންދެއެވެ. މިކަން ކުރެވޭނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުންދީ، ބަލި ފެތުރުން ކޮންޓްރޯލްކުރެވިގެންނެވެ.

ރާއްޖެ-ޔޫކޭ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.
14 އޮކްޓޯބަރު 2025

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް