Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން އަޕްޑޭޓް

ވެކްސިން ފުރިހަމަ ކުރި މީހުން އަދަދު 337،293ށް!

މިހާތަނަށް 391،960 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ސެޕްޓެމްބަރު 2021 | އަންގާރަ 17:56
ކޮވިޑް-19 ވެކްސިން ދިނުމަށް ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިން ދިނުމަށް ތައްޔާރުވަނީ

ކޮވިޑް-19ގެ ވެކްސިން އިތުރު 721 މީހުން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހު 721 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 251 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 470 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި ޖުމްލަ އަދަދު ވަނީ 337،293ށް އަރާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 162 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 76 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން 470 މީހުންނެވެ. އެގޮތުން މިހާތަނަށް 391،960 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާޢުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މީގެ އިތުރުން ވެކްސިން ޖެހުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ ދުނިޔެ ބަލައިގަންނާނެ ގޮތަށް ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ތައާރަފުކޮށްފައެވެ. މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖޭގެ ކޮވިޑްސޭފް ޕޯޓަލްއެވެ. ކޮވިޑްސޭފްއިން 4 ހާލަތެއް ޑިޖިޓަލްކޮށް ކަށަވަރު ކޮށްދެއެވެ. އެއީ އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިން ޑޯޒާއި އެމީހެއްގެ ކޮވިޑް-19ގެ ސިއްހީ ހާލަތާއި ކަރަންޓީނުގެ ހާލަތު އަދި އެންމެފަހުން އެމީހަކު ހަދާފައިވާ ޕީސީއާރު ޓެސްޓްތަކުގެ ނަތީޖާއެވެ.

ވެކްސިން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު