Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޔާމީން ވެވަޑައިގެންނެވި ވައުދު ނުފުއްދައިގެން ޝިޔާމުގެ ރުޅި މި ސަރުކާރަށް

2019 ނިމުމުގެ ކުރިން ނައިފަރުގައި މަސްވެރިންނަށް ބޭނުންވާ އައިސް އުފައްދާނެކަމަށް ރައީސް ޔާމީން ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ސެޕްޓެމްބަރު 2021 | ހޯމަ 12:05
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ކެމްޕޭންގެ ފަހު ދުވަސްކޮޅެވެ. ވެރިކަމުގެ ޖާހަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގެން ރައްޔިތުން އެދުނުހާ ކަމެއް ކޮށްދެއްވާނެކަމަށް ގެންދެވީ ވިދާޅުވަމުންނެވެ. ވަޑައިގަންނަވާހާ ރަށަކަށް އެވެނި މިވެނި ކަމެއް ކޮށްދެއްވާނެކަމަށް ގެންދެވީ ވިދާޅުވަމުންނެވެ. ޖެހިގެން އައި އަހަރު މަޖިލިސް މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވާތީ މަޖިލިސް މެންބަރުން ވެސް ގެންދެވީ ކަންކަމަށް އެދި ރައީސް ޔާމީނަށް ހުށަހަޅުއްވަމުންނެވެ.

އެފަދަ އެއްބޭފުޅަކީ ރައީސް ޔާމީންގެ ވަފާދާރު މެންބަރެއް ކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ދާއިރާއަށް ކަންކަން ކޮށްދެއްވާ ރައްޔިތުންގެ ބަސް އަޑު އައްސަވާ މެންބަރެކެވެ. ނައިފަރަކީ މަސްވެރިން ގިނަ ރަށަކަށްވާތީވެ މަސްވެރިންގެ ލޮލުގައި ވެސް އަނދުނެއް އެޅުއްވިއެވެ. އަނދުން އަޅުވައިދެއްވީ ރައީސް ޔާމީނެވެ.

2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު މަޣުރިބް ނަމާދާ ގާތް ވަގުތެއްގައި ނައިފަރަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވިއެވެ. މަސްވެރިންނަށް ޚާއްސަ މަޝްރޫއުތަކެއް މި ފަސް އަހަރުގެ ތެރޭގައި ފަށާނަމެވެ. މިހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ދެން މިހެންގޮސް، އެހެން ހުރިހާ ދާއިރާތަކަށް ވަރަށްގިނަ މަސައްކަތްތައް ކުރެވި، ވަރަށްގިނަ ހޭދަ ކުރެވި، ހުރިހާ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކުގެ އަށްޑިހަ ފަސް ޕަސެންޓަށްވުރެ މަތިން ފިލުވައި ދެވިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ފަސް އަހަރުގެ މަޝްރޫއުތަކުގެ އަމާޒަކަށް ދެން ވެގެންދާނީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުން ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި މިހާރުވެސް ނިންމަން އެއްބަސްވެފައި އޮތް ކަމެއް އޮތްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެންދާނީ ފެލިވަރުގައި މަސް ބަންދުކުރާ އިތުރު ކޭނަރީއެއް އުފެދިގެން ދިޔުން ކަމަށެވެ.

ބައެއްފަހަރު ވެވޭ ވައުދުތައް ގިނަކަމުން ހަނދާނުން ސޮސްސާލާ ކަންތައްތައް ގިނަވެދާނެއެވެ. އިންސާނުންނަށް ކުށްކުރެވޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެހެން މީހެއްގެ ބޮލުގައި ތިމާމެންގެ ޒިންމާ އަޅުވަން އުޅުމަކީ ޒިންމާތަކުން ރެކި ގަނެ ފިލަން އޮންނަ ފުރުސަތެއް ނޫނެވެ.

މިފަދަކަމެއް ފެނިގެން ދިޔައީ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއިންނެވެ. ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ސުވާލުތަކާއެކު އަމިއްލައަށް ވެވުނު ވައުދުތައް ހަނދުމަނެތި އޮޅުން ބޮޅުންގަޑެއްގެ ތެރެއިން އެހެން ބަޔެއްގެ ބޮލަށް އެކަންކަން ކަނޑާލިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނައިފަރުގައި އައިސްޕްލާންޓެއް ގާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް، މިހާތަނަށް އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށްނުދާތީ، މި މަސައްކަތް ކުރިއަށްނުދަނީ ކީއްވެތޯއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯއެވެ. ޝިޔާމް ވިދާޅުވީ އެއީ އޭނާގެ ސުވާލު ކަމަށާއި ސުވާލު އަކުރުން އަކުރަށް ކުރެވިއްޖެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވަޑައިގެންނެވި ކަމާއި އަދިވެސް އެހެން ފަހަރެއްގައި ރައީސް ސާލިހު އެރަށަށް ވަޑައިގެންނެވިކަމަށް ޝިޔާމް ވިދާޅުވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި 15 ސެޕްޓެންބަރު 2018ގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނައިފަރަށް ވަޑައިގެންނެވި ކަމަށެވެ. އަދި ދަތުރުގައި މަސްވެރި އުޅަނދެއްގައި ނައިފަރުގެ މަސްވެރިން ރައީސް ސާލިހާ ބައްދަލުކުރެއްވި ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ނައިފަރުގައި އައިސްޕްލާންޓެއް ހަދައިދޭން މަސްވެރިން އެދިފައި ނުވާ ކަމަށެވެ.

މަސްވެރިކަން ފިޔަވައި އެހެން ކަންކަމަށް ވެސް މަސްވެރިން ރައީސްގެ ކިބައިން އެދިވަޑައިގެންނެވި ކަމަށާއި، މަސްވެރިކަމާ ބެހޭ ގޮތުން ނައިފަރުގެ މަސްވެރިން ރައީސްގެ ކިބައިން އެދުނު އެންމެ މުހިންމު އެއް ކަމަކީ، ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.

ހަގީގަތުގައި ވެސް ރައީސް ޔާމީނަށް މިއަދު ޝިޔާމް ޖޯކު ޖައްސަވައިފިއެވެ. ރައީސް ޔާމީން ކުރައްވަން ވައުދުވެވަޑައިގެންނެވި ކަންކަން ނުކޮށްދެއްވި ވާހަކަ މުޅި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ޝިޔާމް ގޮވާލައްވައިފިއެވެ.

ބައެއް ފަހަރު އަމިއްލަ ނަފްސަށް އެއްޗެހި ގޮވޭއިރު ވެސް ޚުދު ތިމާއަކަށް ނޭނގެއެވެ. ވާނީވެސް އެހެންނެވެ. އެހެން މީހުންގެ ކުށް ދައްކަން ހަދައިގެން އަމިއްލަ މީހާ ފަޟީހަތްވާއިރު ވެސް ނޭނގޭ ފަހަރު އަންނަނާނެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްކުރީގެ ރައީސް ޢަބްދުﷲ ޔާމީންނައިފަރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

28 އޮކްޓޯބަރު 2025
ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
18 ފެބުރުއަރީ 2025

ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި

18 ފެބުރުއަރީ 2025
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު