Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. އަތޮޅު ކައުންސިލް ބައްދަލުވުން

ލ. އަތޮޅު ކައުންސިލުން ހުށަހެޅި މައްސަލަތަކުގެ ހައްލު ހޯދައިދެއްވާނެކަމަށް ނާއިބުރައީސް ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2021 | ހޯމަ 09:07

ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ސެޕްޓެމްބަރު 2021 | ހޯމަ 09:07
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ލ އަތޮޅު، އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ލ އަތޮޅު، އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ލ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްޞާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދާ އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި ބައެއް ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްޞާކުރެއްވެވިއެވެ.

އަދި އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 2 ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓް އަވަސް ކޮށްދެއްވުމަށާއި، ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށް ކައުންސިލްގެ މެންބަރުން ވަނީ ދަންނަވާފައެވެ. އެބޭފުޅުން ވަނީ އަތޮޅުގެ ބައެއް ސްކޫލުތަކަށް ޖާގައިގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަމާއި، މުވައްޒަފުންގެ މަދުކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އަތޮޅުގެ ބައެއް ރަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އަތޮޅުގައި ޓުއަރިޒަމް ފުޅާކުރުމުގެ ޝައުގުވެރިކަން އަތޮޅު ކައުންސިލުންވަނީ ފާޅުކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ދަރިން ރަށުގައި ވަޒަންވެރިވެގެންތިބޭއިރު ވަޒީފާއެެއް ހޯދުމަށް ނުވަތަ އެހެން ބޭނުންތަކަށް ވެސް މާލެނައިސް އެރަށަކުން އެ ބޭނުމެއް ފުދިގެންދާނެ ގޮތް ހަމަޖެހެން ބޭނުންވާކަން ވެސް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ވެސް އެބޭފުޅުން ބޭނުންވާކަން ވަނީ މިބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ބައެއްކަންކަމުގައި ކަމާ ގުޅުންހުރި މުވައްސަސާތަކާއި ސީދާ ވާހަކަދައްކައިގެން ހައްލުހޯއްދެވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަތޮޅު ކައުންސިލާއި ރަށުކައުންސިލުން ގުޅިގެން ކިޔަވާ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް، މަސައްކަތްކުރައްވައި، ކުދިންގެ ހޭލުންތެރިކަމަށް ޕްރޮގްރާމުތައް ހިންގުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ލ އަތޮޅު ކައުންސިލްފައިސަލް ނަސީމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
05 ޑިސެމްބަރު 2025

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
11 ނޮވެމްބަރު 2025

ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް

11 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް
03 އޮކްޓޯބަރު 2025

ރައީސް ޞާލިހާއި އެމްޑީޕީގެ އިސްބޭފުޅުން މުޒާހަރާގެ އެންމެ ކުރީސަފުގައި

03 އޮކްޓޯބަރު 2025
ރައީސް ޞާލިހާއި އެމްޑީޕީގެ އިސްބޭފުޅުން މުޒާހަރާގެ އެންމެ ކުރީސަފުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް