Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ނުފޫޒު

ގޯހެއް ހަދަން ބޭނުންވާ މީހަކަށް ވެރިކަން ލިބިއްޖެނަމަ ހުރިހާ ކޮންޓްރޯލެއް ނެގުމަށް މަސައްކަތް ކުރާނެ: ފައިސަލް

މި ސަރުކާރާއެކު ރާއްޖޭގައި ތިންބާރު ވަކިވެފައިވާ ނިޒާމެއް ނެތް، އެބާރުތަކުގައި މުސްތަގިއްލު ކަމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 07:13
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގޯހެއް ހަދަން ބޭނުންވާ މީހަކަށް ވެރިކަން ލިބިއްޖެނަމަ ހުރިހާ ކޮންޓްރޯލެއް ނެގުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ފެންނަނީ އެ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކޮށް، ދިދަ ނަގުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގައި ރާއްޖެއެމްވީއަށް ފައިސަލް ވިދާޅުވީ މިސަރުކާރާއެކު ރާއްޖޭގައި ތިންބާރު ވަކިވެފައިވާ ނިޒާމެއް ނެތް ކަމަށާއި، އެބާރުތަކުގައި މުސްތަގިއްލު ކަމެއްނެތް ކަމަށެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ރައްޔިތުން ބޭނުންވި ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލިސް ވެސް ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގޯހެއް ހަދަން ބޭނުންވާ މީހަކަށް ވެރިކަން ލިބިއްޖެނަމަ ހުރިހާ ކޮންޓްރޯލެއް ނެގުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ފެންނަނީ އެ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިހާއި، މުސްތަގިއްލު ހުރިހާ ކޮމިޝަންތަކެއް ކޮންޓްރޯލް ނަގާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ސަރުކާރު ބޭނުންވުމުން ސުޕްރީމް ކޯޓުގެ ބެންޗަށް ހެދިގޮތް ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި، މިގައުމުގައި މިނިވަން ޖުޑީޝަރީއެއް ވެސް ނެތް ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ސުޕްރީމް ކޯޓު މުޅި ޖުޑިޝަރީ. މިއީ އެންމެނާ ގުޅިފައިވާ ކަމެއް. ގައުމެއްގައި ރައްޔިތުންނަށް އެންމެ މުހިންމު ކަމަކަށް މިއޮންނަނީ އިންސާފު އެހެންވީމަ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ބޭފުޅުންނަށް ވެގެންދިޔަ ގޮތް. އެހެންވީމަ އެބަ އެނގޭ ބޭނުން ކޮންމެ ގަޑިއަކު ބޭނުން ބަޔަކު އެބަ ލެވޭ. އެއީ އެކަންވެގެންވާނެ ގޮތެއް ނޫން. ބެންޗާ ކުޅެވިގެންނުވާނެ. އެފަދަ ފަރާތްތަކަކީ ގިނަގިނައިން ލިބޭނެ ބައެއް ވެސް ނޫން. ގައުމެއްގައި ނުތިބޭނެ ސުޕްރީމްކޯޓަށް އަރާނެ ހާހުން ގުނާލެވޭނެ މީހުންނެއް. މުސްތަގިއްލު ކޮމިޝަންތަކަށް ބަލާފިއްޔާ ރައްޔިތުންގެ މަޖިލީހުން މި ނިންމަނީ. ރައްޔިތުންގެ މަޖިލިސް އޮތީ ބޭނުން ގޮތަކަށް ކަންތައްތައް ކުރެވެން. މިއީ ނޫން ދިވެހި ރައްޔިތުން ބޭނުންވި ގޮތަކީ. މިއީ ޒަމާނާ ގުޅޭ ކަމެއް ނޫން. މުސްތަގިއްލު ކޮމިޝަންތަކާ ބާރުދޫކޮށްލައްވާ. ކޮންކަމަކާ ތޯ ބިރު ގަންނަންވީ. ގޯހެއް ހަދަން ވިސްނާ މީހަކު ނޫނީ ގޯހެއް ހެދޭ މީހަކު ބޭނުންވާނެ ރައްޔިތުންގެ މަޖިލިސް ވެސް ކޮންޓްރޯލް ކުރަން. މުސްތަގިއްލު ކޮމިޝަންތައް ވެސް ކޮންޓްރޯލް ކުރަން. ޖުޑިޝަރީ ކޮންޓްރޯލް ކުރަން. އެހެންނޫން ކަމަށްވަންޏާ ކޮބައިތޯ ބޭނުމަކީ. ދޫކޮށްލަންވީނުންތޯ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅާ ކަންތައް ކުރައްވަންޖެހޭ ގޮތާއި، ކުރައްވަންޖެހޭ މަސައްކަތް ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަށެވެ. އެހައި ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ގޯހެއް ނުހައްދަވައި ވެރިކަން ހިންގޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް ނުފޫޒާއި ބާރު ފޯރުވައި، ރައްޔިތުންނަށް ދަތިކުރާނަމަ ނަތިޖާ ރަނގަޅުނުވާނެ ކަމަށާއި، މިނިވަންކަމާއެކު ހުރިހާ މުއައްސަސާއެއް މަސައްކަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު މިދާ މިސްރާބު ރަނގަޅުނޫން ކަމަށާއި، މިހެން ސަރުކާރު ނުފޫޒު ފޯރުވާނަމަ، ގައުމުގައި ހަމަޖެހުމާއި، ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމްރައްޔިތުންގެ މަޖިލިސްސުޕްރީމް ކޯޓުތިންބާރު ވަކިކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު