Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް

ބަރު ޖޫރިމަނާއަށް ދައުލަތުގެ ރައްދު: މާލީ ކުށަކަށް ދޭންވާނީ މާލީ އަދަބެއް

27 ސެޕްޓެމްބަރު 2021 | ހޯމަ 04:30

މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސްކުރުން އޮވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ސެޕްޓެމްބަރު 2021 | ހޯމަ 04:30
ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

މަނީ ލޯންޑަރިންގެ ގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ޙުކުމް އިއްވާފައިވާއިރު، ޖަލު ޙުކުމް ލުއިކޮށް އޮވެފައި، ޖޫރިމަނާ އަދަދު އެންމެ މަތީ އަދަދުން އޮތީ ކީއްވެތޯ ޝަރީއަތުން ދައުލަތަށް ކުރި ސުވާލަށް ދައުލަތުން ޖަވާބުދާރީވެއްޖެއެވެ.

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް ނުކުތާގައި މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސް ކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުންކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެއް ހިމެނެއެވެ. މި ނުކުތާއާ ގުޅޭގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތުން ވަނީ ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުގެ ވަކީލާ ވަނީ މިއީ ޔާމީނުގެ މައްޗަށް ސާބިތުވާ ފުރަތަމަ ކުށް ކަމަށްވުމާއެކު، މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ޖަލު އަދަބުގެ އެންމެ ލުއި މިންވަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖޫރިމަނާއާ ގުޅޭގޮތުން އަދަބު މަތިކުރަންޖެހޭ ޙާލަތެއް އޮތްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަމަށް ވަކީލާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށްވެފައި، ރައީސް ޔާމީނު އޭރު އަދާކުރަމުންދިޔަ މަޤާމަށް ބަލާފައި ކަމަށެވެ. 

ނަމަވެސް އެކަން ދެން އޮންނަ އަޑުއެހުމެއްގައި އިތުރަށް ސާފު ކޮށްދެއްވުމަށް ޝަރީއަތުން އޭރު އަންގަވާފައިވެއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ވަކީލާ ވިދާޅުވީ، ޖިނާއީ ޤާނޫނުތަކުން އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަނީ ކުރާ ކުށާއި، އެކަމުގެ މިންވަރަށް ބަލައިގެން ކަމަށެވެ. އެގޮތުން ޖޫރިމަނާގެ އަދަބު ޤާނޫނު ހުއްދަކުރާ އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައިވަނީ މި މައްސަލައިގައި ޔާމީން ލޯންޑަރ ކޮށްފައވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ، އަދި ބޮޑު އަދަދެއްގެ ފައިސާއަށްވާތީ ކަމަށެވެ. އަދި ދައުލަތުން އެދުނު އަސާސްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ރިއާޔަތްކޮށް ޙުކުމް ކޮށްފައިވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

ވަކީލާ ވިދާޅުވީ، މި ކުށުގެ ބާވަތަށް ބަލާއިރުވެސް މިއީ މާލީ މަންފާއަކަށް ކޮށްފައިވާ ކުށެއް ކަމަށެވެ. ވީއިރު އަދަބު ދިނުމުގެ މަޤްސަދުވެސް އެކަމާ ގުޅޭނެކަން ފާހަގަ ކުރައްވައި ވަކީލާ ވިދާޅުވީ، މާލީ ކުށަކަށް ދޭންވާނީ މާލީ އަދަބެއް ކަމަށް ދައުލަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. 

ރައީސް ޔާމީންޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް